April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޗާގޯސް މައްސަލަ: މުއިއްޒު ފޮނުވި ސިޓީ އިނގިރޭސިވިލާތުން ބަލައިނުގަތް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 8, 2026, 12:14 AM
މާލެ ސިޓީ

ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ ގުޅިގެން ދިވެހި ސަރުކާރުން ފާޅުކުރި ކަންބޮޑުވުންތައް ބަލައިނުގަނެ، އެއީ ރާއްޖެއާ ބެހޭ ކަމެއް ނޫން ކަމަށް އިނގިރޭސި ސަރުކާރުން ބުނެފިއެވެ.

Advertisement

ތުރުކީގެ "އަނަދުލު އަޖަންސީ" އިން މި މައްސަލާގައި ސުވާލުކުރުމުން އިނގިރޭސި ފޮރިން އޮފީހުން ބުނެފައިވަނީ، ޗާގޯސް އާކިޕެލާގޯގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއްކަން ބައިނަލްއަގުވާމީ ކޯޓުތަކާއި މުއައްސަސާތަކުގެ ނިންމުންތަކުން ސާފުވާ ކަމަށެވެ. މިއީ ރާއްޖެއިން އެކަމަށް އިއުތިރާޒުކޮށްފައި ވަނިކޮށް އިނގިރޭސިވިލާތުން ދިން ރައްދެކެވެ.

މި މައްސަލައާ ގުޅިގެން ރައީސް މުއިއްޒު ވަނީ ދިވެހި ސަރުކާރުގެ ރަސްމީ އިއުތިރާޒު އިނގިރޭސި ސަރުކާރަށް ހުށަހަޅާފައިވާކަން ހާމަކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޗާގޯސްގެ މިލްކުވެރިކަން ބަދަލުކުރުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުން ގަބޫލުނުކުރާކަން ހާމަކޮށް 8 ނޮވެމްބަރު 2024 ގައާއި 18 ޖެނުއަރީ 2026 ގައި އިނގިރޭސި ސަރުކާރަށް ރަސްމީ ސިޓީ ފޮނުވާފައިވާނޭ ކަމަށެވެ.

ނަމަވެސް، އިނގިރޭސިވިލާތުން ވަނީ ރާއްޖޭގެ މި އިއުތިރާޒުތަކަށް ބޯލެނބުމަށް އިންކާރުކޮށްފައެވެ. އެ ގައުމުން ބުނަމުންދަނީ ޗާގޯސްގެ މައްސަލައަކީ ދިވެހިރާއްޖެއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި މޮރިޝަސްއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދޭދޭ މައްސަލައެއް ކަމަށެވެ. މިއާއެކު، ރާއްޖެއިން ފޮނުވި ސިޓީތަކުގައިވާ ކަންބޮޑުވުންތަކަށް އިނގިރޭސި ސަރުކާރުން ބުރަދަނެއް ދީފައެއް ނުވެއެވެ.

ދިވެހި ސަރުކާރުން މި މައްސަލާގައި ބޮޑު އިސްކަމެއް ދެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުވާލި ބައި އަނބުރާ ހޯދުމަށެވެ..

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved