March 26, 2026
Advertisement
1
1 / ސޯޝަލް މީޑިއާ

ޕީއެންސީ ކެންޑިޑޭޓަށް ތާއީދުނުކުރުމުން އެމްޓީސީސީގެ މުވައްޒަފަކު ފިޔޯރީއިން އިހަވަންދޫއަށް ބަދަލުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 8, 2026, 07:44 PM
މާލެ ސިޓީ

ގދ. ފިޔޯރީގައި މަސައްކަތްކުރަމުންދިޔަ އެމްޓީސީސީގެ މުވައްޒަފަކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓަށް ތާއީދުނުކުރި މައްސަލައިގައި ކުއްލި ގޮތަކަށް ހއ. އިހަވަންދޫއަށް ބަދަލުކޮށްފިއެވެ.

Advertisement

މިގޮތުން ވަޒީފާ އަދާކުރާ ރަށް ބަދަލުކޮށްފައިވަނީ އެމްޓީސީސީ ފިޔޯރީ ސައިޓުގެ އެސިސްޓަންޓް މެނޭޖަރު އަބްދުﷲ ހާލިދު އެވެ. އޭނާ ހއ. އިހަވަންދޫގައި އޮންނަ އެމްޓީސީސީގެ ސައިޓަށް ބަދަލުކޮށްފައިވަނީ ކުއްލި ގޮތަކަށެވެ.

މިކަމާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެމުން އަބްދުﷲ ހާލިދު ބުނީ، އޭނާ ފިޔޯރީއިން ދުރު ރަށަކަށް ބަދަލުކުރީ ފިޔޯރީ ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ އަބްދުﷲ މުބާހުއަށް ތާއީދު ނުކުރުމުން ކަމަށެވެ. ހާލިދު ތާއީދުކުރަނީ މިހާރުވެސް އެ ރަށު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި، އަދި މިފަހަރު އަމިއްލަ ގޮތުން ވާދަކުރައްވާ ފައިޒަރު ރަޝީދަށެވެ.

ހާލިދު އިތުރަށް ފާހަގަކުރި ގޮތުގައި، އާއިލާއާ ދުރުގައި ރޯދަމަހު ކުއްލި ގޮތަކަށް ރާއްޖޭގެ އެންމެ އުތުރަށް ބަދަލުކުރުމަކީ ސިޔާސީ ނުފޫޒުން ކުރި ކަމެކެވެ. މިއީ އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ އަމަލެއް ކަމަށްވެސް އޭނާ ތުހުމަތުކުރެއެވެ.

މި މައްސަލައާ ގުޅިގެން އެމްޓީސީސީގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް، އިންތިޚާބުތަކާ ދިމާކޮށް ވަޒީފާގެ ބިރުދެއްކުމާއި ސިޔާސީ ސަބަބުތަކަށްޓަކައި މުވައްޒަފުން ބަދަލުކުރުމަކީ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved