March 26, 2026
Advertisement
ރައީސް މުއިއްޒު އިންޑިއާ އައުޓު ޓީޝާޓުގައި
ރައީސް މުއިއްޒު އިންޑިއާ އައުޓު ޓީޝާޓުގައި / ސޯޝަލް މީޑިއާ

ހެޔޮ ކަންކަމަށް އަމުރުކުރާ މީހާ އޭގެ އަހުލުވެރިއަކަށް ވާންވާނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 9, 2026, 12:53 AM
މާލެ ސިޓީ

އެހެން މީހުންނަށް ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީ ކުރާއިރު ތިމާ މީހާއަކީ އެކަންކަމަށް އަހުލުވެރި މީހަކަށްވާން ވާނެ ކަމަށް ޕީއެންއެފްގެ ރައީސް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފުގެ ފްރޮންޓު އޮފީސް ޖަލްސާގައި މިދިޔަ އާދިއްތަ ދުވަހުގެރޭ އޯޑިއެންސްގައި އިންނަވާ ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުއަކީ ހެޔޮކަންކަމަށް އެންމެ ބޮޑަށް ގޮވާލެއްވި ރައީސް ކަމަށް ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ ކަމަށް ސަރުކާރު ޕްރޮމޯޓުކުރާ ވަޒީފާގެ އަޅުން ބުނަމުންދާއިރު ހެޔޮ ކަންކަން ކަމަށް އަމުރު ކުރާ ފަދައިން ތިމާގެ ނަފްސުވެސް އެކަންކަމަށް އަހުލުވެރިކުރުވަން ޖެހޭ ކަމަށެވެ.

ރައީސް މުއިއްޒުގެ ކިބައިން ފެންނަމުން ދަނީ ދޮގާ މަކާރާ އޮޅުވާލުންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭ ކަމަށް ވަކާލާތުކުރާއިރު އެއިން ކަމެއް ފެންނަން ނެތް ކަމަށެވެ. އެއީ ރޫހާނީ ތަރައްގީ ތޯ ސުވާލު އުފައްދަވާ ރައީސް ޔާމީން ވަނީ އެހެންކަމުން އެ ތަރައްގީ ޅެންވެރިޔާ ބުނާ ފަދައިން ލޯ އަނދިރި ކުއްޖަކަށް ގުދުރަތީ ރީތިކަން ސިފަކޮށްދިނުން ފަދަ ކަމަކަށް މިހާރުވެފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މީގެ ކުރިން ތަރައްގީ ގެނެސްދިން ކަމަށް މުއިއްޒުގެ އަނބިކަނބަލުން ވަކާލާތު ކުރަމުންދާއިރު މިއަދު ރައީސްކަމުގައި ހުރެ ހުރިހާ އާރަކާ ބާރެއް އޮވެމެ ރައްޔިތުންނަށް ތަރައްގީއެއް ގެނެސްނުދެވިގެން އުޅޭ ސަބަބާމެދު ސުވާލު އުފެދޭ ކަމަށެވެ. އެކަމާ ރައްޔިތުން ވިސްނުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved