March 26, 2026
Advertisement
-
- / ތޭރަ އޮންލައިން

މުއިއްޒު ކަންކުރި ގޮތުން އިންޑިއާ ނޫސްވެރިންނަށް ދިވެހިރާއްޖެ ފަލީހަތްކުރަން ފުރުސަތު ލިބިއްޖެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 9, 2026, 03:09 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ކަންކުރި ގޮތުން އިންޑިއާ ނޫސްވެރިންނަށް ދިވެހިރާއްޖެ ފަލީހަތްކުރަން ފުރުސަތު ލިބިގެން ހިނގައްޖެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި އާދިއްތަ ދުވަހުގެރޭ ވަހަކަ ދައްކަވަމުން، ޗާގޯސް މައްސަލައިގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަމުން ގެންދާ ގޮތުން ބައިނަލްއަގްވާމީ މަސްރަހުގައި މަލާމާތާ ފުރައްސާރަ ރައްދުވަމުންދާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިފާހަގަކުރެއްވިއެވެ.

ޗާގޯސްގައި ގަބުރުސްތާނެއް އޮތްކަމާ އެތަނުގައި ހުރި ކައްގަލުން އެއީ ދިވެހިންގެ ތަނެއްކަން ހާމަވާކަމަށާ ރާއްޖެއާ ޗާގޯސް އާ ހުރި ދުރުމިނާ ޗާގޯސްއާ މޮރިޝަސް އާ ހުރި ދުރުމިން މިނެކިރައިގެން އެތަނަކީ ރާއްޖޭގެ ތަނެއްކަމަށް ރައީސް މުއިއްޒު ވިދާޅުވާއިރު، އިންޑިއާއިން ވެސް ރާއްޖެއާ ސްރީލަންކާ އަކީ ވެސް އިންޑިއާގެ ތަންތަންކަމަށް އިންޑިއާއަށް ދައުވާކުރެވޭނެ ކަމަށް އިންޑިއާގެ ނޫސްވެރިން ބައިނަލްއަގްވާމީ މަސްރަހުގައި ވާހަކަދައްކަމުންދާ ކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމުގެ ޚާރިޖީ ވަޒީރާ ގައުމުގެ ބަންޑާރަ ނައިބުވެސް ހުންނަވަނީކޮށް ރައީސް މުއިއްޒު މޮޅެތި ވާހަކަތައް އަމިއްލަފުޅަށް ދައްކަވަމުން ގެންދަވާ ގެންދިއުމުން ދިވެހިންނަށް ވަމުންދާ ގެއްލުން ބޮޑުކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެކަމަށް އަދިވެސް އޮތް ހައްލަކީ ބައިނަލްއަގްވާމީ ކޯޓަށް މައްސަލަ ގެންދިއުން ކަމަށެވެ.


ޗާގޯސްގެ ވާހަކަ މުއިއްޒު މިހާރު ދައްކަނީ ކައުންސިލް އިންތިހާބަށް ދޮންކުރުމަށް ކަމަށާ ޗާގޯސް މައްސަލައިގައި ރައީސް މުއިއްޒުގެ ހެޔޮ ނިޔަތެއް ނެތް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ މައްސަލައިގައި ތެދިުވެރި ނިޔަތެއް އޮތް ނަމަ ވެރިކަމަށް ދެ އަހަރުވެގެން ދިޔައިރު ހައްލެއް ހޯދިފައިވާނެ ކަމަށެވެ.

އިންޑިއާ ނޫސްވެރިން ގެންދަނީ ލަކްޝަދީޕު (މިނިކޯއީ ނުވަތަ މަލިކު)ގައި ވެސް ވާހަކަ ދައްކަނީ ދިވެހި ބަހުރުވައަކުން ކަމަށާ އެކަމަކު މަލިކަކީ އިންޑިއާގެ ތަނެއްކަމަށް ވެސް ބުނަމުންނެވެ.

އެ ވާހަކައަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ މަލިކަކީ ފެށުނީއްސުރެވެސް ދިވެހީންގެ ތަނެއް ކަމަށާ އެތަން ދޫކޮށްލަން ޖެހުނީ ޕޯޗުގީޒުންގެ އުނދަގުލާ ތުރާ ބޮޑުވެގެން ނުވަވަނަ ހަސަން ރަސްގެފާނަށް ގޮތް ހުސްވެގެން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved