theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
އިޤްތިޞާދީ ހަގީގަތް އޮޅުވާލަން ސަރުކާރުން ދައްކަނީ ދެކޮޅު ނުޖެހޭ ވާހަކަ: ރައީސް ޔާމީން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
09 ފެބްރުއަރީ 2026
މާލެ ސިޓީ

މިހާރުގެ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްޔިތުންނަށް ހަގީގަތް އޮޅުވާލަމުންދާ ކަމަށް ތުހުމަތު ކުރައްވައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރޭ ޕީއެންއެފްގެ "ފްރޮންޓް އޮފީސް" ގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އައި ރިއަލް އެސްޓޭޓް އިންޑަސްޓްރީ މިއަދު އޮތީ މުޅިން ހުއްޓިފައި ކަމަށެވެ. އަދި އައު އިމާރާތްތަކެއް ނުކުރެވޭ ކަމަށާއި، މީގެ މާނައަކީ ރައްޔިތުންގެ އަތުގައި ފައިސާ ނެތުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބޭންކުތަކުން މިފަދަ ކަންކަމަށް ފައިސާ ދޫނުކުރާކަން ފާހަގަކުރައްވައި، ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގައިވެސް ފައިސާ ނެތްކަމާއި ފައިސާ ހޯދޭނެ ގޮތެއްވެސް ނެތްކަން މިއަދު ސާފުވާ ކަމަށެވެ.

ފައިސާ ޗާޕުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފައިސާ ޗާޕު ނުކުރާނެ ކަމަށް ރައީސް މުއިއްޒާއި އެމްއެމްއޭއިން ބުނި ނަމަވެސް، އެ ވާހަކަ ދެއްކިތާ 48 ގަޑިއިރު ނުވަނީސް އެމްއެމްއޭއަށް ޓްރަކްތައް ފުރާ ފައިސާ ވައްދާފައިވާ ކަމަށެވެ. މިކަމަށް ފާޑުވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ، މިހާރު ދިވެހި ރުފިޔާ ޗާޕުކުރަނީ ނޮވެލްޓީގައި ބާވައޭ ހިތަށް އަރާވަޑައިގަންނަވާ ކަމަށެވެ.

މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ސަރުކާރުން ރައްޔިތުންނަށް ދެކޮޅުނުޖެހޭ ވާހަކަ ދައްކައި އޮޅުވާލަމުންދާ މަންޒަރު. ފައިސާ ޗާޕުނުކުރާނަމޭ ބުނެފައި 48 ގަޑިއިރު ނުވަނީސް އެމްއެމްއޭއަށް ޓްރަކް ލޯޑްސްގެ ފައިސާ އެ ވައްދަނީ ކޮންތާކުން ގެނެސްގެންތޯ؟

- ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުން ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ހޯދަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެކަމާ ގުޅިގެން އެތަނުގެ ސީނިއަރ މެނޭޖްމަންޓް އެއްކޮށް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި އެމެރިކާ ކުންފުންޏަކުން ކުރިން ޗާޕުކޮށްފައި ހުރި ފައިސާ ނެރޭނެ ގޮތެއް ނޭނގިގެން ޕެންޝަން އޮފީހުގެ މީހުން ހައްލާލަން އުޅުމުން އެމީހުން އިސްތިއުފާ ދިނީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެންމެ ފަހުން ގޮތް ހުސްވެގެން 100 ރުފިޔާގެ ނޫޓު ބާވެގެން އައު ނޫޓު ގެނައީ ކަމަށް ބުނެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށެވެ. އަދިވެސް ސަރުކާރުން ދައްކަމުން ދަނީ ދެކޮޅުނުޖެހޭ ވާހަކަތަކެއް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ ސަރުކާރުގެ އިހުލާސްތެރިކަމާމެދު ސުވާލު އުފައްދަވާފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved