March 27, 2026
Advertisement
-
- / ރައީސް އޮފިސް

އާރްޓީއައިތަކަށް ދައުލަތުގެ ހުރިހާ އިދާރާއަކުން ވެސް ޖަވާބު ދޭކަމަށް މުއިއްޒު ވިދާޅުވުމުން ފާޑުކިޔަނީ

Yana Shareef
ޔާނާ ޝަރީފް
Feb 10, 2026, 01:17 AM

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާއަކަށް ވެސް އާރްޓީއައި ލުމުން އެޔަށް ގާނޫނުގެ ތެރެއިން ޖަވާބުދޭނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމުން ފާޑުކިޔަން ފަށައިފިއެވެ.

Advertisement

ރިޔާސީ ބަޔާން އިއްވި އިރު މުއިއްޒު ވިދާޅުވީ ދައުލަތުގެ ހުރިހާ އިދާރާއަކުން ވެސް އާރްޓީއައިލުމުުން ޖަވާބު ދޭނެކަމަށެވެ.

ނަމަވެސް މި ވެރިކަމުގައި އާރްޓީއައިތަކުން ޖަވާބު ހޯދަން ޖެހެނީ ސަލާން ޖަހައިގެންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެގޮތުން "ޖަވާބު" މުއިއްޒު މާނަކުރައްވަނީ ކިހިނަކުންކަމެއް ނޭނގޭ ކަމަށާއި ޖަވާބަކީ ކުރާ ސުވާލަަށް އެއްޗެއް ބުނުމެއް ނޫންކަމަށާއި ޖަވާބަކަީ ސުވާލުކުރި މީހާއަށް ސުވާލުގެ ޖަވާބުލިބުންކަމަށް މީހަކު އެކްސްގައި ބުނެފައިވެއެވެ.

މީގެއިތުރުން ރައީސް އޮފީހުން ރައީސް އަދި ނައިބު ރައީސްގެ ދަތުރުތަކުގެ ހަެރަދުތައް ހާމަނުކުރާތީ އެކަމުގެ މައުލޫމާތު ހޯދުމަށް އަމިއްލަ ފަރާތަކުން ހުށަހެޅި އާރްޓީއައިއަށް ވެސް ޖަވާބު ނުލިބިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އަޑުއެހުންތަކެއް ބާެއްވައިގެން އެ މައުލޫމާތު ދިނުމަށް ރައީސް އޮފީހަށް އަންގާފައެވެ.

ހާމަކަން ބޮޑުކަމަށް ދައުވާ ސަރުކާރަކީ ސިއްރު ސަރުކާރެެއްކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved