ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހުއްޓުމަކާއި ގާތަށް، ކުލިދައްކާ، މުއައްޒިފުންނަށް މުސާރަދީފައި، ބާޒާރުން މުދާގަނެ، ޓެކްސްތައް ދައްކާ ނިމޭއިރު އަމިއްލަ ބޭނުމަށް ހަރަދު ކޮށްލާނެ ފައިސާއެއް އަތުގައި ނުހުރެއެވެ.
ސިއްހީ ކަންކަމަށް ބަރޯސާވާން ޖެހޭ މިންވަރަށް ވުރެ ދަތި އުނދަގޫތައް ރާއްޖޭގައި ކުރިމަތިވޭ، ޑޮކްޓަރުން ލިޔެދޭ ބޭސް ފާމަސީތަކުން ނުލިބޭ، ބޭސް ހުރިނަމަ އާސަންދަ ކަވަރ ކުރާ ބޭހަކަށް ނުވޭ، ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗްގައި ކިޔު 1000 އިން މަތީގައި، ޓެސްޓްހަދަން ކިޔު 3-4 ދުވަސް ފަސްވެއެވެ. މިހާލަތުގައި މި ނިކުމެ ލޯކަލް ކައުންސިލް އިންތިހާބު ސަރުކާރަށް ދޭން މި ގޮވަނީ، ކޮންމެވެސް ސިޔާސީ މީހަކާއި ގުޅިގެން ނޫނީ އޮފީހަކުން ހިދުމަތެއް ނުލިބޭ، އަދި ޑޮކްޓަރަށް ދައްކާލަން ބޭރަށް ގޮސްލާނެ ފުރުސަތެއް ނުލިބެއެވެ. މިއީ ސަރުކާރުގެ ގާބިލުކަން ކަމަށް ވާނަމަ މިކަހަލަ ސަރުކާރެއް ދައުލަތަށް الله މިންވަރު ނުކުރެއްވުން އެދި ދުއާކުރަމެވެ.
މިޑް ޓާމް ޓެސްޓެކެވެ. ލޯކަލް ކައުންސިލް އިންތިހާބަކީ ސަރުކާރަށް އޮތް ޓެސްޓެކެވެ. ހަރަދު ކުރަނީ ވެނުމަސް ވެނަށް ކާންދޭ އުސޫލުންނެވެ. ރައްޔިތުންގެ ފައިސާއެވެ. އެއް ނަތީޖާ އަކުން ސަރުކާރު ބޭނުން ގޮތަކަށް އަތޮޅުތައް އަތުރާލާނެއެވެ.
ދެވަނަ ގޮތަކީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމެވެ. ސުވާލަކީ އެވަރުގެ އުރަތްޕެއް ސަރުކާރުގެ އެބަހުރިބާވައޭ ކުރެވޭ ސުވާލެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހުއްޓުމަކާއި ގާތަށް ގޮއްސިއެވެ. ކުލިދައްކާ، މުއައްޒިފުންނަށް މުސާރަދީފައި، ބާޒާރުން މުދާގަނެ، ޓެކްސްތައް ދައްކާ ނިމޭއިރު އަމިއްލަ ބޭނުމަށް ހަރަދު ކޮށްލާނެ ފައިސާއެއް އަތުގައި ނުހުރެއެވެ.
މިހާލަތުގައި މި ނިކުމެ ލޯކަލް ކައުންސިލް އިންތިހާބު ސަރުކާރަށް ދޭން ގޮވަނީއއވެ. ސިޔާސީ މީހަކާއި ގުޅިގެން ނޫނީ އޮފީހަކުން ހިދުމަތެއް ނުލިބެއެވެ. ޑޮކްޓަރަށް ދައްކާލަން ބޭރަށް ގޮސްލާނެ ފުރުސަތެއް ނުލިބެއެވެ. ނިޒާމެއް ނެތެވެ. ބިއްސުން ލައިފިއެވެ. މިއީ ސަރުކާރުގެ ގާބިލުކަން ކަމަށް ވާނަމަ މިކަހަލަ ސަރުކާރެއް ދައުލަތަށް الله މިންވަރު ނުކުރެއްވުން އެދި ދުއާކުރަން ޖެހެއެވެ. ލާޒިމެވެ.
ރައީސް ޔާމީން އުފެއްދީ ދިވެހި ގައުމުގެ މުސްތަގުބަލެވެ. ބޭސް ފަރުވާއަށް ސަލާން ޖެހުން ކުޑަ ކުރުވުމަށް ދަރުމަވަންތަ ހޮސްޕިޓަލް އެޅިއެވެ. ސުޕަރ ސްޕެޝަލިސްޓުން ތަމްރީނު ކުރިއެވެ. ކޮންމެ ރަށެއްގައި އެސްޓީއޯ ފާމަސީއެއް އެޅިއެވެ. އެތަންތަނަށް ފާމަސިސްޓުން ތަމްރީނު ކުރިއެވެ. ކޮންމެ ރަށަކުންވެސް ބޭސް ލިބުނެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ޓާރޝިއަރީ ފެންވަރަށް މަތި ކުރިއެވެ. ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދަތުރު ކުރާ މީހުންގެ އަދަދުތައް މަދު ކުރުމުގެ މާތް މަގުސަދެވެ. ބޭރުފައިސާގެ ކޮންމެވެސް މިންވަރެއް ރާއްޖޭގައި ހިފެހެއްޓުމެވެ.
ހޮސްޕިޓަލު ތަކާއި ހެލްތު ސެންޓަރު ތަކުގެ ފެންވަރު މަތި ކުރިއެވެ. ސިއްހީ ހިދުމަތް ހަލުވިކޮށް ފަސޭހައިން ހޯދާ ދިނުމެވެ. ނަރުހުންނާއި ޑޮކްޓަރުންނާއި ލެބުޓެކްނީޝަނުން އުފެއްދިއެވެ. ސިއްހީ ހިދުމަތް ފުރިހަމަ ކުރުމުގެ ބަހާރު މޫސުމެވެ. ރާއްޖޭގެ މައި އެއަރޕޯޓަށް މިއަދު ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓު ތިރި ކުރެވެއެވެ.
އެއަރ ޕޯޓުގައި މަތިންދާ ބޯޓުތަކަށް އަޅާނެ ތެލުގެ ރިޒާވު އިތުރު ކުރިއެވެ. މުޅިން އައު ރަންވޭއެއް އެޅިއެވެ. ދޮޅު މިލިއަން މީހުންނަށް އަހަރަކު ހިދުމަތް ދެވޭ ގޮތަށް އޮތް ޓާމިންލުން ފެށިގެން އެއަރޕޯޓުގެ ހިދުމަތްތައް 7.5 މިލިއަން މީހުންނަށް އަހަރަކު ހިދުމަތް ދެވޭނެ ފެންވަރު ކުރަން ފެށިއެވެ.
2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު 10،000 މީހުންނަށް އެއްދުވަހެއްގައި ހިދުމަތް ދެވުނު ވާހަކަ އިވުމުން އުފާވިއެވެ. ހައްގު ޝުކުރު ރައީސް ޔާމީނަށެވެ. ސީޕްލޭން ޓާރމިނަލެއް މުޅީން އަލަށް ބިނާ ކުރިއެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކަށް ސީޕްލޭން ދަތުރު ކުރުމުގެ ތަސައްވަުރުގެ ފުރަތަމަ ބޮޅު ފުރިހަމަ ކުރެއްވިއެވެ. މިއަދު އެއަރޕޯޓުގެ ހިދުމަތް ތަކުގެ ފެންވަރު ރަގަޅު ނުވެ އޮތްނަމަ 10،000 މީހުންނަކަށް ހިދުމަތެއް ނުދެވުނީހެވެ. މިއަދަދު ދެމެހެއްޓިއްޖެ ނަމަ އަހަރަކު މަދުވެގެން 3.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް އަންނާނެއެވެ.
މުސްތަގުބަލަށް ތައްޔާރު ވެވޭނީ މިވަރަށެވެ. އެ ދުވަހު އިންދެވި އޮށުގެ މޭވާ ކާން ލިބުނީ ރައީސް ޔާމީނަކަށް ނޫނެވެ. ދިވެހި ރައްޔިތުންނަށެވެ. ދިވެހީން ކުރާނެ މަސައްކަތް ހުއްޓެވެ. ދިވެހީންގެ އަތުގައި ފައިސާ ހުއްޓެވެ. ފިހާރަތަކުގެ ކައުންޓަރު ތަކުގައި ދިވެހީން ތިބުމަށް ލާޒިމު ކުރިއެވެ. މިއަދު ދިވެހިގިނަ ރައްޔިތުން އިހުނަށް ވުރެ ގިނަ މަސައްކަތްކުރެއެވެ. އެހެންނަމަވެސް އެމީހުންގެ ބޭނުންތައް ފުއްދޭވަރެއް ނުވެއެވެ. އަގުތަށް ހުރީ އަތްފޯރާ ފަށަކުނޫނެވެ. ނެތް އެއްޗަކުން އާމްދަނީ ހޯދޭނެ ގޮތް ހޯދުމާއި ދިވެހީންނަށް ވަޒީފާގެ ފުރުސަތުތައް އިތުރު ކުރެއްވިއެވެ.