April 3, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

މަލިކަކީ ދިވެހީންގެ ތަނެއް، އިންޑިއާ މީހުންގެ ތަނެއް ނޫން: ރައީސް ޔާމީން

Yana Shareef
ޔާނާ ޝަރީފް
Feb 11, 2026, 12:00 AM

ރާއްޖޭގެ އުތުރުން އޮންނަ މަލިކު އެއީ ދިވެހިންގެ ތަނެއް ކަމަށާއި، އިންޑިއާ މީހުން އެތަނަކީ އެމީހުންގެ ތަނެއް ކަމަށް ދެކިގެން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމީހުން ވާހަކަ ދައްކަމުން ދަނީ ތާރީޚު ބެލުމެއް ނެތި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާގެ ބައެއް ނޫސްވެރިން މަލިކަކީ ވެސް ދިވެހިންގެ ތަނެއްތޯ އެބަ ސުވާލު ކުރާ ކަމަށާއި، އޭގެ ޖަވާބަކީ "މަލިކަކީ ދިވެހިންގެ ތަނެއް"  ކަމަށެވެ.

ދިވެހިރާއްޖެ އަށް އެންމެ ފުރަތަމަ ކިޔަނީ ވެސް މަލިކައްޑޫ އަތޮޅު ކަމަށާއި މަލިކުން ފެށިގެން އައްޑޫ އަތޮޅާ ދެމެދު މިހުރީ ދިވެހިރާއްޖެކަަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މަލިކު ނޫނީ މިނިކޯއީ ނޫނީ ލަކްޝަދީބް ކިޔާ ސަރަހައްދަކީ ދިވެހި ވެރިކަމުގެ ބާރު ހިނގިތަނެއް ކަމަށާއި އެތަނުގެ މީހުންނަކީ ދިވެހި ބަހުން ވާހަކަ ދައްކާ ބައެއް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ޕޯޗުގީޒުންގެ ދުއްތުރާތަކުން ރާއްޖެ ސަލާމަތް ކުރަން އެންމެ މަސްލަހަތުު އޮތް ގޮތަކީ މަލިކު އިންޑިއާ އަށް ދިނުން ކަމަށް ނުވަ ވަނަ ހަސަން ރަސްގެފާނަށް ފެނިވަޑައިގަތް ނަމަވެސް އިންޑިއާ މީހުން އެއީ އެމީހުންގެ ތަނެއް ކަމަށް ދެކިގެން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved