April 3, 2026
Advertisement
-
- / އިލެކްޝަންސް ކޮމިޝަން

ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންގެ ގުރުއަތުލުން މާދަމާ ހެނދުނު ބާއްވަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 12, 2026, 02:15 AM
މާލެ ސިޓީ

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުލުން މާދަމާ ހެނދުނު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން މިރޭ ހާމަކުރި ގޮތުގައި، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ މި ގުރުއަތުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 ގައި އިންތިހާބާ ބެހޭ މަރުކަޒު (ކުރީގެ ޑްރަގް ކޯޓު) ގައެވެ.

މި އިންތިހާބުތަކުގައި ޖުމްލަ 2,994 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ކައުންސިލްތަކަށް ކުރިމަތިލާފައިވާ 1,611 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލާފައިވާ 1,383 ކެންޑިޑޭޓުން ހިމެނެއެވެ.

ކައުންސިލް އިންތިހާބުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 6 ސިޔާސީ ޕާޓީއަކުން 1,210 ކެންޑިޑޭޓުން ވާދަކުރާއިރު، އަމިއްލަ ގޮތުން 401 ފަރާތަކުން ވާދަކުރެއެވެ. އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ.

ކައުންސިލް އިންތިހާބުގައި ޕާޓީތަކުން ވާދަކުރާ މިންވަރު:

  • ޕީއެންސީ: 665 ކެންޑިޑޭޓުން
  • އެމްޑީޕީ: 495 ކެންޑިޑޭޓުން
  • އެމްޑީއޭ: 31 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ: 8 ކެންޑިޑޭޓުން
  • ދަ ޑިމޮކްރެޓްސް: 8 ކެންޑިޑޭޓުން
  • ޢަދާލަތު ޕާޓީ: 3 ކެންޑިޑޭޓުން

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޖުމްލަ 678 މެންބަރުން އިންތިހާބުކުރާއިރު، މި އިންތިހާބުގައި 5 ސިޔާސީ ޕާޓީއަކުން 1,116 މީހުން އަދި އަމިއްލަ ގޮތުން 267 ކެންޑިޑޭޓުން ވާދަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved