April 4, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޕީޕީއެމް

ޕޯޗުގީޒުންގެ ސަބަބުން މަލިކު ދޫކޮށްލަން ޖެހި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތްކުރަން ޖެހޭ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 13, 2026, 01:34 AM
މާލެ ސިޓީ

ޕޯޗުގީޒުންގެ އުނދަގުލާ ތުރާތަކާ ހުރެ މަލިކު ދޫކޮށްލަން ޖެހި ދިވެހިރާއްޖެއަށް އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތްކުރަން ޖެހޭ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައެވެ. އެގޮތުން މަލިކަކީ އަސްލު އިންޑިއާތަނެއް ކަަމަށް ދައްކަން އިންޑިއާގެ ނޫސްވެރިން އެކި މަހަލްތަކުގައި ވާހަކަދައްކަމުންދާތީ އެކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ ހަގީގަތާ ތާރީޚުވެސް އޮޅުވާނުލެވޭނެ ކަމަށެވެ. މަލިކަކީ ފެށުނީއްސުރެވެސް ދިވެހިންގެ ތަނެއް ކަމަށާ އެގޮތުން މަލިކު އައްޑު އަތޮޅުގެ ނަމުން މީގެ ކުރިން ރާއޖެ މަޝްހުރުވެފައި އޮތީވެސް ރާއްޖޭގެ އެންމެ އުތުރަކީ މަލިކަށްވުމުން ކަންވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ތާރީހް ނުބަލާ ނުވަތަ ތާރީޚު އޮޅުވާލަން އިންޑިއާގެ ނޫސްވެރިން މަސައްކަތްކުރި ނަމަވެސް އެކަން އޮޅުވާނުލެވޭނެ ކަމަށާ މަލިކު އިންޑިއާއަށް ދޫކޮށްލަން ޖެހުނީ ކަންނަނޫރު އަލީ ރާޖާއާއެކުވެގެން ޕޯޗުގީޒުން ތުރާ އޭރުގެ ރަސްކަލަށް ބޮޑުވެގެން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ނުވަ ވަނަ ހަސަން ރަސްގެފާނަށް ގޮތް ހުސްވީ ކަމަށެވެ.

ނަމަވެސް މިއަދު މަސައްކަތްކުރަން މިއަދު އޮތް ޕޯޗުގީޒު ސަރުކާރު ޖަވާބުދާރީކުރުވޭނެ ގޮތެއް އޮތްތޯ ބަލާ މަލިކު ރާއްޖެއަށް ލިބޭނެ މަގު ފަހިކޮށް، ޕޯޗުގީޒުންގެ ފަރާތުން ލިބުު ގެއްލުމުގެ ބަދަލުވެސް ހޯދަން މަސައްކަތްކުރަން ޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެފަދަ މައްސަލަތައް ބަލާނެ ކޯޓުތަކާއި، އެކަންކަން ސާބިތުކުރެވޭނެ ލިޔުންތައް ވެސް އެބަހުރި ކަމަށެވެ.

އިންޑިއާ މީހުންނަށްވެސް އެނގެން ވާނެ އެއީ އެ މީހުންގެ ނޭޓިވް ތަނެއް ނޫން އެޔަކީއެއް. ދިވެހީންގެ ތަނެއް. އިންޑިއާ މީހުން ވެސް ގަބޫލުކޮށްގެން ނުވާނެ އެ މީހުންގެ ތަންތަނޭ [މަލިކު] މިއީ. އެއީ ރޯބުހުތާނު ވާހަކަ. އެ މީހުންވެސް އެ މީހުންގެ ތާރީހަށް ރުޖޫއަވާންވީ. ކަންކަން ހިނގާފައި ހުރި ގޮތްތައް ބަލައިލަންވީ

ރައީސް ޔާމީން

ރައީސް ޔާމީން ވަނީ ފޯޅަވައްސަކީވެސް ދިވެހިންގެ ތަނެއް ކަމަށާ އެތަނާ މެދު ރާއްޖެއިން ކުރަމުންދާ ކްލެއިމަށް ހަޖޫ ޖަހާ މަލާމާތްކުރަމުން އިންޑިއާ ނޫސްވެރިން ވާހަކަ ދައްކަމުންދާއިރު، އިންޑިއާގެ ނޫސްްވެރީންނަށް އޮޅިގެން އުޅުނަސް މަލިކުގެ އަސްލު އޮރިޖިން އަކީ ދިވެހީން ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved