March 23, 2026
Advertisement
ޑރ. ޖަމީލު. ރައީސް ޔާމީން އަރިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.
ޑރ. ޖަމީލު. ރައީސް ޔާމީން އަރިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. / ދަ އެޑިޝަން

ޕީޕީއެމް/ޕީއެންސީގެ ގޯތި ތެރެޔަށް މޫނު ނިވާކޮށްގެން ބަޔަކު ވަދެއްޖެ: ޑރ.ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Mar 10, 2024, 12:05 AM
މާލެ ސިޓީ

ސަރުކާރު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ގޯތި ތެރެޔަށް އެ ދެ ޕާޓީއަށް އެއްވެސް އިރެއްގައިވެސް ނިސްބަތް ނުވާ ބަޔަކު ވަދެގެން އުޅޭ ކަމުގެ ތުހުމަތު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުރައްވައިފިއެވެ.

Advertisement

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފްގެ އޮފީހުގައި ސިލްސިލާ ގޮތެއްގެ މަތިން މިހާރު ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ޖަލްސާގައި ވާހަަކަދައްކަވަމުންނެވެ.

އެގޮތުން ޑރ ޖަމީލް ވިދާޅުވީ ފެނިގެން ދަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައިވެސް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އެ ދެ ޕާޓީ އަށް މިއިން ދުވަހަކު ހިދުމަތްތަކެއް ކޮށްދީފައިނުވާ ފަރާތްތަކެއް ކަމަށެވެ.

އޭގެއިތުރުން ޑރ. ޖަމީލް ވަނީ ސަރުކާރުގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވާ ގިނަ ފަރާތްތަކުން ދުވަހަކުވެސް އެ ކޯލިޝަނަށް ހިދުމަތް ކުރައްވާފައި ނުވާތީ ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

އޭގެއިތުރުންވެސް ޑރ.ޖަމީލް ވިދާޅުވީ އަދުގެ ސަރުކާރު ގެނައުމަށްޓަކައި އަދުރޭ ގެ ރަށުން ނޫނަސް ވޯޓު ދީފައިވާ ކަމަށެވެ.ނަމަވެސް ފޮނަދޫގެ ހުރިހާ ރައްޔިތުންނަށް ވަޒީފާ ދީ އަދުރޭގެ މުޅި އާއިލާ އަށް ވަޒީފާތައް ދީފައި ވުމީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ސަރުކާރުން ކެބިނެޓް އެކުލަވާލި އިރު އެންމެ އެދެވޭ ގޮތައް އެކަން ކުރައްވާފައި ނުވާތީ ޑރ.ޖަމީލް ވަނީ ފާޑުކިޔުން އަމާޒުކުަރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved