April 15, 2026
Advertisement
-
- / އަލްއަރަބިއްޔާ

އެފްރިކާގެ 53 ގައުމެއްގެ މުދަލުން ޓެރިފް ކަނޑާލަން ޗައިނާއިން ނިންމައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 14, 2026, 08:49 PM
މާލެ ސިޓީ

ޗައިނާއާއެކު ސިޔާސީ ގުޅުން ބާއްވާ އެފްރިކާގެ 53 ގައުމަކުން އެތެރެކުރާ ހުރިހާ މުދަލަކުން ޓެރިފް ނުވަތަ އިމްޕޯޓް ޓެކްސް ކަނޑާލަން ޗައިނާ ސަރުކާރުން ނިންމައި، އެކަން އިއުލާންކޮށްފިއެވެ.

Advertisement

ޗައިނާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ނިންމުމުގެ ދަށުން އެފްރިކާގެ އެ ގައުމުތަކުން ޗައިނާއަށް އެތެރެކުރާ އެއްވެސް އުފެއްދުމަކުން އިމްޕޯޓް ޓެކުހެއް ނުނަގާނެއެވެ. މި އާ ސިޔާސަތަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ މެއި މަހުން ފެށިގެންނެވެ.

މި ފުރުސަތު ދިނުމަށް ނިންމާފައިވަނީ ޗައިނާއާއެކު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެފްރިކާގެ ގައުމުތަކަށެވެ. މިއީ އެފްރިކާގެ ގައުމުތަކުގެ އުފެއްދުންތަކަށް ޗައިނާގެ ބޮޑު ބާޒާރުން ފުރުސަތު ހުޅުވާލައި، އެ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުމަށް އެހީތެރިވުމުގެ މަގްސަދުގައި ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާއިން މިފަދަ ފިޔަވަޅެއް އެޅުމަކީ، އެފްރިކާގެ ބައްރުގެ ގައުމުތަކާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ބަދަލާއެކު އެފްރިކާގެ ދަނޑުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މާހިރުން ލަފާކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved