April 4, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ބްރައިޓް މައިންޑްސްގެ ވެރިޔާ ހައްޔަރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 15, 2026, 06:07 PM
މާލެ ސިޓީ

އޮންލައިންކޮށް ޓިއުޝަންގެ ހިދުމަތްދޭ މަޝްހޫރު ސެންޓަރެއް ކަމަށްވާ "ބްރައިޓް މައިންޑްސް" ގެ ވެރިޔާ އަލީ އަފްލަހު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފިއެވެ.

Advertisement

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި މައްސަލާގައި ފުލުހުން ރަސްމީކޮށް އޭނާގެ ވަނަވަރު ހާމަކޮށްފައި ނުވި ނަމަވެސް، ހައްޔަރުކޮށްފައިވަނީ ހުޅުމާލެ، ޚައިތަރު، އަލީ އަފްލަހުކަން ވަނީ ކަށަވަރުވެފައެވެ.

ބްރައިޓް މައިންޑްސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބާނީ އަދި އެތަނުގެ ޓީޗަރެއްގެ ގޮތުގައިވެސް މަސައްކަތްކުރާ އަފްލަހު ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި އުޅުމަށްފަހު އެނބުރި އައި ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ސީރިއަސްކަމަށް ރިއާޔަތްކޮށް، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved