ރައީސް އަބްދުﷲ ޔާމީން މިރޭ ޔޫތު ސިޓީއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެއްހިޖެއެވެ.
ރައީސް ޔާމީން އާ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމު މިރޭ ޔޫތު ސިޓީއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ އެ ސަރަހައްދުގައި ކުރިއަށް ގެންދާ މާހެފުމަކާ އެކުއެވެ. މާހެފުން ކުރިއަށް ދާނީ ކާމިލު ދީދީ ޕްރީ ސްކުލު ސަރަހއްދުގައި މިރޭ 9:00 އިން ފެށިގެންނެވެ.
މި ހަފްލާ ވެގެންދާނީ ރައީސް ޔާމީން ގިނަ ދުވަސްތަކަކަށް ފަހު ރައްޔިތުންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރަށެވެ. ރައީސް ޔާމީން މީގެ ކުރިން ހާމަކުރައްވާފައިވާ ގޮތުގައި އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަން ހުރަސް އެޅެނީ އެމަނިކުފާނަށް ނުހައްގުން ކޮށްފައިވާ ހުކުމުގެ ސަބަބުންނެވެ.
އެމަނިކުފާނު އުއްމީދު ކުރައްވައިގެން މީގެ ކުރިން ހުންނެވީ ނިމިދިޔަ ސަރުކާރަށް ގޮތް ހުސްވެ ދެއްވި ލުއި ތަކަށް ފަހު މި ސަރުކާރު އައިސް އެމަނިކުފާނުގެ މައްސަލަ އަވަސްކުރުވާ މިނިވަންވެވަޑައިގަންނަވާނެ ކަމަށެވެ.
ނަމަވެސް މި ސަރުކާރު އައިސް ރިޔާސީ އިންތިހާބުގައި ވެވަޑައިގެންެވި ވައުދު މަތިން ހަނދާން ނައްތާލާފައިވާއިރު، އެމަނިކުފާނުގެ މައްސަލަ ދިގު ދެމެމުން ދާއިރުވެސް ސަރުކާރުން އަޅާނުލާ ތިބުމުން ދޭހަވަނީ އެމަނިކުފާނު މިނިވަން ކުރަން މި ސަރުކާރުން ވެސ ްޖެހިލުންވާ ކަންކަމަށާ އެހެންކަމުން ރައީސް މުހައްމަދު އެމަނިކުފާނު މިނިވަންކުރައްވާނެކަމަށް ކުރެއްވި އުއްމީދު މިހާރު ނުކުރައްވާ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީނަށް ނިމިދިޔަ ސަރުކާރުން ދިން ލުއިތަކުގެ އިތުރުން އިތުރު ދެ ލުޔަކަށް މި ސަރުކާރު އައި ފަހުން އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި ނޫސްވެރިންނާ ބައްދަލުކޮށް އިންޓަރވިއު ދެއްވުމުގެ ހުއްދައަށާ އަދި އަމިއްލަފުޅު ގެކޮޅުގައި ނޫނަސް މީހުންނާ ބައްދަލުކުރުމުގެ ހުއްދައަށް އެދިވަޑައިގެންފައިވެއެވެ.
ނަމަވެސް މިސަރުކާރުން ވަނީ، އެއީ ގާނޫނީ ހުރަސްތަކެއް ހުރުމުން ދެވެން ނެތް ލުއިތަކެއް ކަމަށް ނިންމާފައެވެ.
ރައީސް ޔާމީން ވިދާޅުވެފައިވަނީ ޕޯޑިއަމްތަކުގައާ އަދި ނޫސްވެރިންނާ ބައްދަލުކުރުމުގެ ހުއްދަ ދެއްވަން ސަރުކާރަށް ނުކެރިގެން އުޅެނީ ޕީޕީއެމް ދޫކުރައްވާ އެމަނިކުފާނު ނުކުންނެވި ސަބަބު ރައްޔިތުންނަށް އެނގި ހަގީގަތް ހާމަވެދާނެތީ ކަމަށެވެ.