
ރާއްޖޭގެ ބާޒާރުގައި ތެޔޮ ވިއްކާ މިންވަރު އަންނަ އާދީއްތަ ދުވަހުން ފެށިގެން ބޮޑުތަނުން ކޮންޓްރޯލް ކުރަން އުޅޭ ކަމުގެ އަޑުތަކެއް ގަދަވެ، އާންމުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ.
އެސްޓީއޯގެ އެންގުމަކަށް، އެ ކުންފުނީގެ ސަބްސިޑިއަރީ އެފްއެސްއެމް އިން ތަންފީޒު ކުރަން އުޅޭ ކަމަށް ބުނާ މި އާ އުސޫލުގެ ދަށުން، ކޮންމެ ސައިކަލަކަށް ދުވާލަކު 4 ލިޓަރު އަދި ކާރު ފަދަ އުޅަނދުތަކަށް ކޮންމެ ދެ ދުވަހަކުން 45 ލިޓަރުގެ ތެޔޮ ދޫކުރުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މާރިޗު 15 އިން ފެށިގެން މި ބަދަލު އަންނާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަދި ރަސްމީކޮށް އެއްޗެއް ހާމަކޮށްފައި ނުވާއިރު، މިފަދަ ފިޔަވަޅެއްގެ ސަބަބުން ދަތުރުފަތުރާއި ވިޔަފާރިތަކަށް އިންތިހާއަށް އަސަރުކުރާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.










