May 6, 2026
Advertisement
ރައްޔިތުން މަޖިލީހުގެ ބޭރުގެ ފޮޓޯއެއް
ރައްޔިތުން މަޖިލީހުގެ ބޭރުގެ ފޮޓޯއެއް / ސަން އޮންލައިން

މެންބަރުން ގުނާ ގޮތް ބަޔާން ކުރާ މާއްދާ ބާތިލް ކުރަން ހުށަހަޅައިފި

Aishath Naja
އައިޝަތު ނަޖާ
Mar 12, 2024, 05:02 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގުނާ ގޮތް ބަޔާން ކުރާ ގަވާއިދުގެ މާއްދާތައް ބާތިލް ކުރަން އެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހުށަހަޅުއްވައިފި އެވެ.

Advertisement

ބާތިލް ކުރަން ހުށަހެޅި މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް ބާއްވަން ހަ މަހަށް ވެފައި އޮއްވައި (ބައި-އިލެކްޝަނެއް ނުބޭއްވޭނެ ހާލަތުގައި) އެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ މެންބަރުންގެ ޖުމުލަ އަދަދު ގުނާނީ ހުސްވި ގޮނޑިތައް ނުހިމަނާ ކަމަށެވެ.

އެ މާއްދާ އެގޮތަށް ފާސް ކުރީ ކުރިން އޮތް މާއްދާ ބާތިލް ކުރުމަށްފަހުގައިކަން ފާހަގަކޮށްލެވެއެވެ.

ކުރިން އޮތް މާއްދާތައް ބާތިލް ކުރީ އެ މާއްދާތައް ބާތިލް ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުން ހުށަހެޅުމުންނެވެ. ގަވާއިދުގައި މިހާރު އެ މާއްދާތައް ނެތަސް ކޯޓުން ކަނޑައެޅީ އެއީ ގާނޫނުއަސާސީއާ ހިލާފު މާއްދާތަކެއް ކަމަށެވެ.

އެއާއެކު މިއަދުގެ މަޖިލީސް ފެށުމަށްފަހު އަސްލަމް އެދިވަޑައިގަތީ މަޖިލީހުގެ މާއްދާ ބާތިލް ކުރުމާމެދު މަޖިލީހުން ގޮތެއް ނިންމުމަށެވެ.

އެ މާއްދާގައި ބުނާގޮތުން ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ ކަމަށެވެ.

މެންބަރުން ގުނާ ގޮތުގެ މާއްދާތަކަށް އަމަލު ނުކުރަން ބަންޑާރަ ނައިބު އެންމެ މަތީ ކޯޓަށް ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.

އެހެންނަމަވެސް މަޖިލީހުން ފާސް ކުރީ ގަވާއިދާ އެއްގޮތަށް މެންބަރުން ގުނައި، ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved