March 15, 2026
Advertisement
އިތުރު ވާހަކަ ނުދައްކާ މުއިއްޒަށް ނޯ ޖަހަން ޖެހޭ: މަލީހު
އިތުރު ވާހަކަ ނުދައްކާ މުއިއްޒަށް ނޯ ޖަހަން ޖެހޭ: މަލީހު / ތޭރަ އޮންލައިން

އިތުރު ވާހަކަ ނުދައްކާ މުއިއްޒަށް ނޯ ޖަހަން ޖެހޭ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 15, 2026, 01:23 PM
މާލެ ސިޓީ

އިތުރު ބަހުސަކަށް ނުގޮސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނަގަން އުޅޭ ރިފަރަންޑަމް ވޯޓަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވެފައިވަނީ، ސަރުކާރުން މިހާރުވެސް އިންތިހާބުތަކަށް ނުފޫޒު ފޯރުވަމުންދާ މިންވަރު ރައްޔިތުންނަށް ހާމަވެފައިވާނެ ކަމަށާ އެހެންކަމުން އެކަމުން ފިލާވަޅު ލިބިގަނެ މައި ދެ އިންތިހާބު އެއްކޮށްލާ ހުރިހާ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ލުމަށް އިތް ފުރުސަތު ގެއްލުވާލުމަށް ރިފަރަންޑަމް ވޯޓުގައި ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.

އެކަމުގައި އިތުރު ބަހުސްކަށްވެސް ދާން ނުޖެހޭ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ޚަރަދު ކުޑަކުރުމުގެ ނަމުގައި، ގައުމުގައި ބާއްވާ މައި ދެ އިންތިހާބު އެއްކޮށްލަން މި ސަރުކާރުން ނިންމާ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމާފައިވާއިރު އެއީ ހިންގަން އުޅޭ ޖަރީމާއެއްގެ ގޮތުގައި ސިޔާސީ އެކި ފަރާތްތަކުންނާ ޝަރުއީ ދާއިރާގައި ކުރިން މަސައްކަތްކުރައްވާފައި ތިއްބެވި ބޭފުޅުން ވިދާޅުވަމުން ގެންދަވައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved