
ގައުމު ސުންނާފަތިވުމުގެ ކުރިންގެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކިބައިން ގައުމު ސަލާމަތްކުރުމަށް އެދި ދުއާކޮށްފިއެވެ.
މިފަދައިން ދުއާކުރައްވާފައިވަނީ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދުނިޔޭގެ ނިސްބަތުން މިހާރު ރާއްޖެ އޮތީ ތެޔޮ އެންމެ ގައުމުތަކުގެ ތެރެއިން ހަތް ވަނައިގައި ކަމަށް ނުސްވެރިޔާ އަލީ ސުލައިމާން ހިއްސާކޮށްފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓު ހިއްސާކުރައްވާ މަލީހު ވަނީ، ސަރުކާރުން ފެށި ތެޔޮ ބަންކަރިންގެ ހަނދާން ކުރއްވާ އެކަމަށް މަޖާޒީ ގޮތުން ފާޑުވިދާޅުވެފައެވެ.
އެގޮތުން ތެޔޮ ބަންކަރ ކުރެވޭނީ އެހާކަންހާ މިންވަރަށް ކަމަށް ވިދާޅުވެ މަލީހު ވަނީ ގައުމު ސުންނާފަތި މި މީހުން ކުރުމުގެ ކުރިން ﷲ ތައާލާ ރައީސް މުއިއްޒުއާ އައުވާނުންގެ ކިބައިން ގައުމު ސަލާމަތްކުރުމަށް އެދި ދުއާކުރައްވާފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖޭގައި ތެޔޮ ލިބުމުގެ ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށާ އެކަމުގައި ވެރިންގެ ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވިތާ 72 ގަޑިއިރު ނުވަނީސް ސަރުކާރުން ވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ. އަދި އެއީ މިހާތަނަށް ރެކޯޑު މިންވަރަކަށްކަން ފާހަގަކޮށްލެވެއެވެ.










