March 18, 2026
Advertisement
ކައުންސިލްގެ ދައުރު ދިގުކޮށް އިންތިހާބު ފަސްކުރަން ޖެހޭ: މަލީހު
ކައުންސިލްގެ ދައުރު ދިގުކޮށް އިންތިހާބު ފަސްކުރަން ޖެހޭ: މަލީހު / އިލެކްޝަންސް ކޮމިޝަން

ކައުންސިލްގެ ދައުރު ދިގުކޮށް އިންތިހާބު ފަސްކުރަން ޖެހޭ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 17, 2026, 03:40 PM
މާލެ ސިޓީ

އެޕްރިލް މަހު ބާއްވަން ނިންމާފައިވާ ކައުންސިލް އިންތިހާބު ފަސްކޮށް، މިހާރު ހުރި ކައުންސިލްތަކުގެ އުމުރު ދިގުކުރަން ޖެހޭ ކަމަށް ޕީއެންއެފްެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ ރާއްޖޭގައި އަމިއްލަ ވިޔަފާރިވެރިންނަށް ވިއްކާ ތެލުގެ އަގު ސަރުކާރުން ބޮޑުކުރި ކުރުމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި މަލީހު ވިދާޅުވެފައިވަނީ، ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް ބޭނުންވާ ހުރިހާ ތެލެއް ފޯރުކޮށްދޭން ސްވިޒަލޭންޑްގައި މަރުކަޒުކޮށްފައިވާ ނެދަލޭންޑްސްގެ ބޮޑު ތެޔޮ ކުންފުނި ވިޓޯލްއާ އެކު ސޮއިކޮށްފައިޥާއިރު އެ ކުންފުނި މިހާރު ކޮބައިތޯ ކަމަށެވެ. މި ފަދަ ދަތި ދަނޑިވަޅެއްގައި ގްރޮސް ރިޒާވު ކޮބައިތޯވެސް އައްސަވާ މަލީހު ސުވާލު އަމާޒުކުރައްވާފައިވެއެވެ.

މީގެ އިތުރުން މަލީހު ވަނީ މިއީ އިންތިހާބުތައް ބާއްވަން ވީ ވަގުތު ނޫންކަމަށާ ރެފަރަންޑަމް ވެސް ނަގަން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މިހާރު އޮތް ކައުންސިލްތަކުގެ އުމުރު ނުވަތަ ދައުރު ދިގުކޮށް ކައުންސިލް އިންތިހާބު ފަސްކުރަން ވެސް މި ދަތި ވަގުތުގައި ޖެހޭ ކަމަށް މަލީހު ވިދާޅުވެފައިވެއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުން މި ދަނޑިވަޅުގައި ޚަރަދު ކުޑަކުރުމުގެ ބަދަލުގައި ބާރުތައް އެއްކޮށް، ޚަރަދު އިންތިހާއަށް ބޮޑުކުރަމުންދާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved