
އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއީލް ޚަތީބް އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނެފިއެވެ.
މިކަމާއި ގުޅިގެން އީރާނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މިކަން ކަށަވަރު ވެއްޖެ ނަމަ، މިއީ ދެ ދުވަހުގެ ތެރޭގައި އީރާނުގައި އަވަހަރާކޮށްލި ތިން ވަނަ އެ ގައުމުގެ ލީޑަރެވެ.
އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އިއްޔެ އީރާނުގެ ސަލާމަތީ ބާރުގެ ވެރިޔާ އަލީ ލަރިޖާނީ އާއި ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ވެރިޔާ ގުލާމްރޭޒާ ސުލައިމާނީ ވަނީ އަވަހާރަކޮށްލައިފައެވެ. އަދި އެ ދެ ބޭފުޅުޅުންގެ ޖަނާޒާ އީރާނުން މިއަދު ވަނީ ބާއްވާފައެވެ.
ނަމަވެސް ލަރިޖާނީ އަވަހާރަކޮށްލުމަކީ އީރާނުގެ ލީޑާޝިޕަށް ބޮޑު ގެއްލުމެއް ނުލިބޭނެ ކަމެއް ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވިދާޅުވެފައި ވެއެވެ.










