
އެމެރިކާގެ މަންދޫބެއް ކަމަށްވާ ސާޖިއޯ ގޮރް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުމަށް ރާއްޖެ ވަޑައިގެންފައިވާ ކަމަށް ބުނާ ޚަބަރުތަކަކާއެކު، ސޯޝަލް މީޑިއާގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ.
ދިވެހި ސަރުކާރާއެކު ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ކުރިއަށްދާ މި ދަތުރާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނީ، މެދުއިރުމަތީގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގައި އެމެރިކާގެ ދައުރު ބޮޑުކަމަށް ބުނެއެވެ.
ޚާއްސަކޮށް، ކުށެއްނެތް އެތައް މުސްލިމުންނެއް ގަތުލުކުރުމުގެ ފަހަތުގައިވާ ބާރެއްގެ މަންދޫބަކަށް ރާއްޖެއިން މަރުހަބާ ކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ސަރުކާރުގެ ޚާރިޖީ ސިޔާސަތާ މެދު ސުވާލު އުފައްދަމުންނެވެ.
މި މައްސަލައިގައި ދިވެހި ރައްޔިތުންގެ ފަރާތުން ފެންނަ ނުރުހުން އިތުރުވެ، އެފަދަ ފަރާތްތަކާއެކު އެއްވެސް ގުޅުމެއް ބޭއްވުމަށް ބޭނުންނުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ވަނީ ވަރުގަދަ ކެމްޕެއިނެއް ވެސް ފަށާފައެވެ.










