May 10, 2026
Advertisement
އެތެރޭގެ އުދުހުން ވީ ކުޑަޔޯ، ދައްކާލީ ބޮޑު ދަޅައެއް!
އެތެރޭގެ އުދުހުން ވީ ކުޑަޔޯ، ދައްކާލީ ބޮޑު ދަޅައެއް! / ތޭރަ އޮންލައިން

އެތެރޭގެ އުދުހުން ވީ ކުޑަޔޯ، ދައްކާލީ ބޮޑު ދަޅައެއް!

Aishath Naja
އައިޝަތު ނަޖާ
Mar 14, 2024, 12:06 AM
މާލެ ސިޓީ

އުފާ ފާޅުކުރަމުން ގިނަ ބަޔަކު އައި އަޑުއިވުނެވެ. އަގުހެޔޮކޮށް ރަށަށް ދެވޭނެޔޭ ކިޔާ އުފަލުން ބަޔަކު ތިއްބެވެ. އެތެރޭގެ އުދުހުންތަކުގެ އަގު މޯލްޑިވިއަނުން ހެޔޮކޮށްފި ކަމަށް ބުނެ އެކި އެކި ފަރާތްތަކުން ފިތުރު އީދަށް ދުރާލާ ޓިކެޓް ބުކް ކުރުމުގެ މަގްޞަދުގައި އެޕްލިކޭޝަން ހުޅުވާލިއެވެ.

Advertisement

އަނހަ؟ ކަމަކުދާކަށްނެތެވެ. ރައީސް މީހާގެ ބޮޑު އެއް ވައުދު ފުއްދިއްޖެކަމަށް ބުނިއިރު މި ވައުދުވެސް މިއޮތީ އެހެން ވައުދުތައްހެން ރޮލާއެވެ.

އަގުތައް ހުރީ ކުރިންވެސް ހުރި ވަރަށެވެ. 400 ރުފިޔާ މަދުވާނޭ ބުނި އިރު، އެ މަދުވި 400 ރުފިޔާ އެއް ނުފެނުނެވެ. ހެއްވާކަމެއްނު. ރަށަށް ދާ ހިތުން އުންމީދުތަކުން ފުރިފައިވާ ފަރާތްތަކުގެ މޫނު މަތީ ސަރުކާރުން އެ ޖެހީ ހަމަ ސީދާ ކުނިބިހެކެވެ.

ނިމިދިޔަ ސަރުކާރުގައިވެސް އެންމެ އަޑު ހަރުކޮށް ބުނަމުން އައި އެއްވާހަކަ އަކީ އެތެރޭގެ އުދުހުންތައް ކުޑަކޮށްދިނުމެވެ. އިބްރާހިމް މުހައްމަދު ޞާލިހްގެ 5 އަހަރުގެ ދައުރު ނިންމާލާފައި ތަހުތުން ފޭބިއިރުވެސް އެ އަގުތައް ހުރީ ހަމަ އެ ފަދައިންނެވެ. އިބްރާހިމަށް ދައުލަތުގެ ފައިސާއިން ޓިކެޓް ނަގާލެވުނު އިރު އާންމު ރައްޔިތުންނަށް ޓިކެޓް ނަގައިން ރަށަށް ދިޔުން ވީ ބޮޑުކަމަކަށެވެ. ލިބޭ ކުޑަ މުސާރައިން، ގޭގެ ކުލި ދައްކާފަ، ފެނާ ކަރަންޓާ، ދަރިންގެ ސުކޫލު ފީ ތަކާއި މި ހުރިހާ އެއްޗަކަށް ރުފިޔާ ޚަރަދުކޮށްފައި ދެން ބަލާލާއިރު ރަށަށް ދެވެން ޓިކެޓެއް ނުނެގޭނެތާ.

އެ ފަސް އަހަރު ދިޔައީ ހަމަ އެކަހަލަ ގޮތަކަށެެވެ. އައު އުންމީދެއް އެކަމުގައި ނިމިދިޔަ ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު އަދުގެ ރައީސް ދެއްވިއެވެ.

އެ އުންމީދުގައި ހުއްޓާ މިއަދު ހަމަ މި ޖެހުނީ އެއްތާކުއެވެ.

އަގުހެޔޮ ކޮށްފައި މިވަނީ ދަންވަރުގެ ފްލައިޓާ ފަތިހުގެ ފްލައިޓެވެ. އެގަޑިތަކުގައި ދަތުރުކޮށްގެން ގޮސް އެއާޕޯޓް ނުހުންނަ ރަށްރަށުގެ ފަރާތްތައް ޖެހޭނީ ރަށަށް ދާން އިތުރު ލޯންޗެއް ހަމަ ޖައްސާށެވެ. އެދިޔީ ވެސް ޚަރަދެވެ.

މިއަދު ހެނދުނުން ފެށިގެން ސޯޝަލް މީޑިޔާގައި އެކި ފަރާތްތަކުން އަންނަނީ މި ވާހަކަ ދައްކަމުންނެވެ. ވާނީވެސް އެހެންތާ. ބޮޑު އޮޅުވާލެމެއްގެ ތެރޭގައި ފެތި ގަރަގު މިވަނީ އަބަދުވެސް ނިކަމެތި ރައްޔިތުމީހާއެވެ.

އެތެރޭގެ އުދުހުންވީ ކުޑަޔޯ، ދައްކާލީ ބޮޑު ދަޅައެއް ދޯ؟

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved