March 22, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ގައުމުގެ ހާލަތާ މެދު ޑރ. ޖަމީލްގެ ބޮޑެތި ކަންބޮޑުވުންތަކެއް: ގައުމު ސަލާމަތްކުރަން މުއިއްޒަށް ނޫނެކޭ ބުނަންޖެހޭ

Yana Shareef
ޔާނާ ޝަރީފް
Mar 22, 2026, 12:27 PM

ދިވެހިރާއްޖޭގެ އިގްތިޞާދީ ހާލަތު އިންތިހާއަށް ގޯސްވެ، ގައުމުގެ ރިޒާވް ހުސްވަމުންދާ މި ދަނޑިވަޅުގައިވެސް ސަރުކާރުން ބޭކާރު ޚަރަދުތަކާއި ސިޔާސީ ވަޒީފާތައް އިތުރުކުރަމުންދާ ކަމަށް ބުނެ ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޑރ. ޖަމީލް ފާހަގަކުރެއްވި ގޮތުގައި ގައުމުގެ ރިޒާވްގައި މިހާރު ހުރީ އެންމެ މަސްދުވަހުގެ ޒަރޫރީ ބޭނުންތަކަށް ފުދޭވަރުގެ ފައިސާ ކަމަށާއި، ތެލުގެ ރިޒާވްވެސް އޮތީ ނުރައްކާތެރި ދަރަޖައެއްގައެވެ. އުފެއްދުންތެރިކަން ސުމަކަށް ގޮސް، އާމްދަނީ ދަށަށް ދާއިރުވެސް، މުވައްޒަފުންގެ މުސާރަ ދިނުމަށާއި ނަގާފައިވާ ލޯނުތައް ދެއްކުމަށް އަނެއްކާވެސް އިތުރު ލޯނު ނަގަންޖެހިފައިވާ ކަމީ ގައުމު ބޮޑު އަނދަވަޅަކަށް ވެއްޓެމުންދާ ކަމުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސް، ތަކެތީގެ އަގުތައް ކޮވިޑްގެ ދުވަސްވަރަށްވުރެ ވެސް މައްޗަށް އުފުލިފައިވާއިރު، ސަރުކާރުން ބޭކާރު ސިޔާސީ ވަޒީފާތައް ބަހަމުންދާ ކަމަށް ވިދާޅުވެ ޑރ. ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޚާއްޞަކޮށް ބޭރުގެ އެމްބަސީތަކުން ބޮޑެތި އިސްރާފުތައް ކުރަމުންދިއުމާއި، ރައީސް މުއިއްޒުގެ އަމިއްލަފުޅު ޚަރަދުތަކާއި ޒީނަތްތެރިވުމަށް ކުރާ ހޭދަ ބޮޑުވަމުންދާ ކަމަށް ތުހުމަތުކުރައްވައި، ޑޮލަރުގެ ރޭޓް 20 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޑރ.ޖަމީލް ވިދާޅުވީ، ގައުމު މި ނުރައްކާތެރި ހާލަތުން ސަލާމަތްކުރުމަށްޓަކައި ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް "ނޫނެކޭ" ބުނަންޖެހޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved