March 23, 2026
Advertisement
.
. / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

އަނެއްކާވެސް މުއިއްޒުގެ ބޮޑު ވައުދެއް: މަރުގެ އަދަބު ތަންފީޒުކުރުމަށް ހާއްސަ ބިލެއް ހުށަހަޅަނީ

Yana Shareef
ޔާނާ ޝަރީފް
Mar 23, 2026, 10:36 AM

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި، "މަރުގެ އަދަބު" ތަންފީޒުކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެކަން ރައީސް މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

Advertisement

ގައުމުގެ ހަގީގީ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށްޓަކައި، އިންތިޚާބުތަކާ ދިމާކޮށް މިފަދަ ބޮޑެތި ވައުދުތައް ވުމަކީ މުއިއްޒު ސަރުކާރުން އިސްކަންދޭ އުކުޅެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ޚާއްސަ ބިލެއްގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މި ހިނގާ މަޖިލިސް ދައުރުގެ ތެރޭގައި އެ ބިލް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ބިލް ފާސްވުމާއެކު، ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައިވާ މީހުންނަށް މަރުގެ އަދަބު ދޭން ފަށާނެކަމަށެވެ.

"ބިލް މަޖިލީހުން ފާސްވެ ތަސްދީގު ކުރެވޭ ހިސާބުން ފެށިގެން ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ އަދި ފުރިހަމާބވާ ހުރިހާ ފަރާތްތަކެއް މަރުގެ އަދަބު ތަންފީޒުކުރެވޭނެ މި ސަރުކާރުގައި" މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް، ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރަމުންދާ މި ދަނޑިވަޅުގައި މިފަދަ "ސެންސިޓިވް" މައުލޫއެއް ރައީސް ތިލަކުރެއްވުމަކީ، ސަރުކާރަށް އޮތް ތާއީދު ކުޑަވަމުންދާތީ ވޯޓަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ސިޔާސީ މުހައްލިލުން ބުނެއެވެ.

ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ނެތްއިރު، އަދި ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑެތި ފިއްތުންތަކެއް ހުރި މިފަދަ ކަމެއްގައި، ސަރުކާރުގެ އެއްވެސް އިޚުލާސްތެރިކަމެއް ނެތްކަން ހާމަވަނީ މި ބިލް ހުށަހަޅާ ވަގުތުންނެވެ. އިންތިޚާބު ކައިރިވުމުން ކޮންމެ ފަހަރަކުވެސް "މަރުގެ އަދަބު" ތަންފީޒުކުރާނެ ކަމަށް ބުނެ ރައްޔިތުންނަށް އުންމީދުތަކެއް ދިނުމަކީ މިހާރު ރާއްޖޭގައި އާންމުވެފައިވާ ސިޔާސީ އޮޅުވާލުމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved