March 23, 2026
Advertisement
އެޑްހޮކުކޮށް ކަންކުރާ ސަރުކާރެއްގެ ލަގަބު އޮތް މި ސަރުކާރުން އަނެއްކާވެސް ގާނޫނު އަސާސީއަށް ގިނަ ބަދަލުތަކެއް ގެންނަނީ!
އެޑްހޮކުކޮށް ކަންކުރާ ސަރުކާރެއްގެ ލަގަބު އޮތް މި ސަރުކާރުން އަނެއްކާވެސް ގާނޫނު އަސާސީއަށް ގިނަ ބަދަލުތަކެއް ގެންނަނީ! / ރައީސް އޮފީސް

އެޑްހޮކުކޮށް ކަންކުރާ ސަރުކާރެއްގެ ލަގަބު އޮތް މި ސަރުކާރުން އަނެއްކާވެސް ގާނޫނު އަސާސީއަށް ގިނަ ބަދަލުތަކެއް ގެންނަނީ!

Mar 23, 2026, 05:42 PM
މާލެ ސިޓީ

ވަކި މަންފާތަކެއް ހާސިލްކުރުމަށް ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައި ސަރުކާރެއްގެ ލަގަބު އޮތް ޕީއެންސީ ސަރުކާރުން އަނެއްކާވެސް ގާނޫނު އަސާސީއަށް ބޮޑެތި ގިނަ ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.

Advertisement

މިކަން ހާމަކުރެއްވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ މުހައްމަދު މުއިއްެޒެވެ.

އެގޮތުން ނޫސްވެރިންނާ ބައްދލަުކުރއްވާ ހިއްސާކުރެއްވި މައުލޫމާތުގައި އެމަނިކުފާނު ވަނީ އަންނަ އެޕްރީލް މަހު އޮންނަ ފެންނަ ނުފެންނަ ވޯޓަށްފަހު، ގާނޫނުއަސާސީއަށް އިތުރު އިސްލާހުތައް ހުށަހަޅުއްވާނެ ކަން ހާމަކުރައްވާފައެވެ.

ގާނޫނުއަސާސީއަށް ގެންނަވަން ބޭނުންވާ ބަދަލުތައް 'ރިފޯމް ޕެކޭޖެއް'ގެ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ހުށަހަޅުއްވާނެ ކަން ހާމަކުރައްވާ އެމަނިކުފާނު ވަނީ އެ ޕޕެކޭޖުގައި ހިމެނޭނެ ބަދަލުތައް ވެސް ހާމަކުރައްވާފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުމަށް ބަދަލު ގެނައުމާ، މަޖިލީހުގެ މެންބަރުންގެ އަދަދުގެ ވަކި ޕަސެންޓެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުމާ، މަޖިލީހުގެ މެންބަރުންގެ އަދަދުގެ ވަކި ޕަސެންޓެއް އެއީ އަންހެނުން ކަމުގައި ކަނޑައެޅުމާ، ރިޔާސީ އިންތިހާބު އެއްބުރުން ބޭއްވުމާ ( ޕްރިފަރެންޝަލް ވޯޓިން ސިސްޓަމްގެ ދިރާސާ ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވި)، ނޮވެމްބަރު 17 ގެ ބަދަލުގައި ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށުމާ، މިނިވަން މުއައްސަސާތައް މިހާރު ހިނގާގޮތް އިތުރަށް މިނިވަން ކޮށް ކަށަވަރު ކުރުމަށް، ޗެކް އެންޑް ބެލެންސް ވަރުގަދަ ކުރުމަށްޓަކައި އިސްލާހު ގެނައުމުގެ އިތުރުން ޖޭއެސްސީ ކޮމްޕޮޒިޝަން ބަދަލުކުރުން އަދި ޖުޑީޝަރީ އިތުރަށް ރިފޯމް ކޮށް މިނިވަން ކުރުމަށްޓަކައި އިތުރު އިސްލާހުތައް ގެނައުން އެމަނިކުފާނުގެ "ރިފޯމު ޕެކޭޖު"ގައި ހިމެނެއެވެ.

އެމަނިކުފާނު ވިދާޅުވީ، މިއީ އެޑްހެކްކޮށް ނޫނީ ވަކިވަކިން ހިނގާ ކަންކަމެއް ނޫން ކަމަށާ މިއީ ދައުލަތުގެ ކަންކަން ރިފޯމް ކުރަން ކުރާ ކަމެއް ކަމަށެވެ.

 މި އިސްލާހުތައް ގެނައުމުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކަށްވެސް ބަދަލުތައް ގެނައުމުގެ އިތުރުން އާ ގާނޫނުތައް ވެސް އެކުލަވާލާނެކަމަށް ވިދާޅުވެ ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނު ރިޔާސީ ބަޔާނުގައި ރައީސް ފާހަގަ ކުރެއްވި، ސިޓިޒަންސް ކޮމްޕްލެއިންސް ބިއުރޯ އަކީ ރިފޯމް ޕެކޭޖުގައި ހިމެނޭ މުހިންމު ކަމެއް ކަމަށެވެ. އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އަންނަ ޖުލައި މަސްތެރޭ އެ އިދާރާ އުފައްދަވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved