March 22, 2026
Advertisement
ނ.މާފަރު މަތިން ނަގާފައިވާ ފޮޓޯއެއް
ނ.މާފަރު މަތިން ނަގާފައިވާ ފޮޓޯއެއް / ސޯޝަލް މީޑިއާ

ބައިރަކްތާރް ޑްރޯންތައް އުދުހެން ފަށަައިފި

Aishath Naja
އައިޝަތު ނަޖާ
Mar 14, 2024, 04:06 AM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމަށްޓަކައި ތުރުކީން ގެނައި ބައިރަކްތާރ ޑްރޯންތައް އުދުހެންފަށައިފިއެވެ.

Advertisement

ޗެނަލް 13 އަށް މައުލޫމާތު ލިބުންގޮތުގައި މި ޑްރޯންތައް އުދުހެން ފަށާފައިވަނީ ނ. މާފަރުގައެވެ.

އަދި މިއީ ޕާކިސްތާނުންނާއި ތުރުކީން ޑްރޯން ޕައިލެޓްކަން ކިޔެވި ފަރާތްތަކުގެ ޓެސްޓް ރަން އެއް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ ނ.މާފަރު މަތިން ޑްރޯންތަކުގެ އުދުހުންތަކެއް ކުރިޔަށްގެންދެވުނު ކަމަށެވެ.

މި ޑްރޯންތަކަކީ ތުރުކީގެ ޑްރޯން ހައްދާ ކުންފުޏެއްކަމަށްވާ ބައިކާރ ގެ އުފެއްދުންކަމަށްވެސް ފާހަގަކޮށްލެވެއެވެ.

އިންޑިޔާގެ އަޅުވެތިކަމަށް ރާއްޖެ ނުގޮސް ތުރުކީން ޑްރޯންތައް ގެނައުމުން އެމްޑީޕީން ވަނީ ފާޑުކިޔުންވެސް އަމާޒުކޮށްފައެވެ.

އެގޮތުން އަންގާރަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގެ ތަރުޖަމާނު އަހުމަދު އީސާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އަސްކަރީ ޑްރޯން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށެވެ.

އޭނާ ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުގައި އިންޑިޔާ އިން ރާއްޖެ އަށް ހިލޭ ޑްރޯންތަކެއް ދިނުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

ނިމިދިޔަ ފަސް އަހަރު އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި މިފަދަ ކަމެއް ކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
ކޮމެންޓްތައު
Hadandidi
Mar 14, 2024, 09:58 PM
Turukeen drone hoadheema nuvatha gatheema alhuvethi nuveybaa. Bala india in dhin echcheh dhinee raaje in aadheys koggen. Emmefahun india sifain ves thibeylunee kurafathun. Chargos ge gellulubai ves fen naanee ekahala gothakah. Misarukaarah yamin salaam buni. Yamin ah nuvikameh kureeyo. Hehehe heyyyyyyy.
Husen
Mar 14, 2024, 06:14 AM
No other country advertises these security apparatus like Maldives . For some Maldivians security is a political tool to advertise and brag about !!
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved