March 26, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ސަރުކާރުތަކުން މަތީ ފަނޑިޔާރުގެ އެކުލަވާލަނީ ގާބިލުކަމަށް ވުރެ ހިތް ރުހޭ މީހާއަށް ބަލައިގެން: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Aug 7, 2025, 06:39 PM
މާލެ ސިޓީ

ސަރުކާރުތަކުން މަތީ ފަނޑިޔާރުގެ އެކުލަވާލަނީ ގާބިލުކަމަށް ވުރެ ހިތް ރުހޭ މީހާއަށް ބަލައިގެން ކަމަށް ޕީއެންއެފުންގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

ކުރީގެ އުއްތަމަ ފަނޑިޔާރަށް އެއްފަހަރާ ބޮޑު އަދަދކުން ފައިސާދިން ޚަބަރެއް ހިއްސާކުރައްވާ މަލީހު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެގޮތުން މަލީހު ވަނީ، ސުޕްރީމު ކޯޓަކީ ކޮންމެ ސަރުކާރަކާއި އެކު ބަދަލުވާ ތަނެއް ކަމަށާ އޭގެ ސަބަބުން ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ސްޕްރީމް ކޯޓެއްގެ ގޮތުގައި ބެލެވޭނެ ޖާގައޭގެ ސަބަބުން ހަނި ވެގެންދާ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުތަކުން މަތީ ފަނޑިޔާރުގެ ބެންޗު އެކުލަވާލަނީ ޢިލްމާއި ތަޖުރިބާ އަދި ނަޒާހަތްތެރިކަމާއި ޢަދުލުވެރިކަމަށް ވުރެ ހިތްރުހޭ މީހާއަށް އިސްކަންދީގެން ކަމަށާ އެފަދަ ކަންކަމަކީ ބަދަލުވާންޖެހޭ ކަންކަން ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު މި ސަރުކާރަކީ ރާއްޖޭގެ ޖުޑިޝީއަރީއަށް ފާޅުގައި އެންމެ ބޮޑުކޮށް ނުފޫޒު ފޯރުވަމުންދާ ސަރުކާރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި މުއުތަސިމް އަދުނާނަކީ އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ހުރެ ސުޕްރީމު ކޯޓުގެ ފަނޑިޔާރުންނަށް ގަސްތުގައި ސަރުކާރުން ނުފޫޒު ފޯރުވުމުންވެް ހަނު ހުރި ސަރުކާރުގެ ޕަޕެޓެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މީހެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved