March 28, 2026
Advertisement
.
. / ރައީސް އޮފިސް

ހޮޅި ކަންކަން ކުރުމުން ގެއްލުންވަނީ ރައްޔިތުންނަށް: މަލީހްގެ ފާޑުކިޔުން ސަރުކާރަށް

Yana Shareef
ޔާނާ ޝަރީފް
Mar 27, 2026, 03:30 PM

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގެން މަޝްރޫއުތަކުގެ ބިންގާ އެޅުއްވި ނަމަވެސް، އެ ތަންތަނުގައި މިއަދު ގަސްފަޅާ ބޮޑުވެފައިވާ ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން "ހޮޅި" ކަންތައްތަކެއް ކުރަމުންދާތީ އޭގެ ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމަށެވެ. 

މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބާއްވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ދިއުމަށްވެސް މަލީހް ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ދެ އިންތިޚާބު އެއްކުރަން އުޅެނީ ރައްޔިތުންނަށް ފިލުމުގެ ބޭނުމުގައެވެ. އަދި މިހާރުގެ ވެރިކަމަކީ މާލޭގެ ފިނި ކޮޓަރިތަކުގައި ތިއްބަވައިގެން ކުރައްވާ ވެރިކަމެއްގެ ގޮތުގައި ސިފަކުރައްވައި، ރައްޔިތުންގެ އަސްލު ހާލަތު ސަރުކާރަށް ނޭނގޭ ކަމަށް މަލީހް ވަނީ އިޝާރާތް ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved