March 28, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުއިއްޒު ފިލާ އޮވެ ރައީސް ޔާމީނަށް ރައްދު ދޭން މިފަހަރު ނެރުނީ ކޮރަޕްޓް މުހުތާޒް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 27, 2026, 07:48 PM
މާލެ ސިޓީ

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ސިޔާސީ ބުރަދަނެއް ހުރި ބޭފުޅެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ، ކުރީގެ ޕްރޮސިކިޔުޓަރ ޖެނެރަލް އަލްއުސްތާޛް މުޙްތާޒް މުޙްސިން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ދިފާއުގައި ވާހަކަދައްކަވަމުން މުހުތާޒު ވިދާޅުވީ، މާޒީގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް އިހުތިރާމު ކުރެއްވި ނަމަވެސް، ރައީސް ޔާމީންގެ ސިޔާސީ ބުރަދަން މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަން ނެތް ކަމަށެވެ. މުހުތާޒު މިފަދައިން ވިދާޅުވީ، ރައީސް ޔާމީންގެ ޕާޓީ، ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒުގެ ސަރުކާރަށް އަމާޒުކުރެއްވި ވަރުގަދަ ފާޑުކިއުންތަކާ ގުޅިގެންނެވެ.

އެ ޖަލްސާގައި ރައީސް ޔާމީން ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވާ ފަދަ "އަނެއް ދިވެހިރާއްޖެ" ހޯދަން މިހާރު ޖެހިއްޖެ ކަމަށް ވިދާޅުވެ، މި ސަރުކާރުގެ މިސްރާބު ހުރި ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީ ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާނެ ކަމަށް ޔާމީން ވަނީ އިއުލާނު ކުރައްވާފައެވެ.

މުހުތާޒު އިތުރަށް ވިދާޅުވީ، "ހުސްގޮނޑި" އާ ނުލައި 70 އިންސައްތައަށް ވުރެ ގިނަ ގޮނޑި ކޮންގްރެސް ޕާޓީން ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ނަމަވެސް، ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ ފޮޓޯފުޅު ދައްކަވައިގެން، އެމަނިކުފާނުގެ ވަރުގަދަ ތާއީދާ އެކުގައެވެ.

ކަން މިހެން އޮތް ނަމަވެސް، ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މުއިއްޒު ވަނީ ރައީސް ޔާމީނާ ދުރުވެވަޑައިގެންފައެވެ. މިހާރުގެ ސަރުކާރުގެ ވެރިންނާއި މަޖިލިސް މެންބަރުން މަގާމުތަކަށް އައީ އެމަނިކުފާނުގެ ނަންފުޅު ބޭނުންކޮށްގެން ކަމީ ފެންނާން އޮތް ހަގީގަތެކެވެ. މުހުތާޒު ފަދަ ކޮރަޕްޓް ބޭފުޅުން ނެރެގެން ރައީސް ޔާމީނަށް ރައްދު ދެމުންދާއިރު، ރައީސް ޔާމީނަށް އޮތް ރައްޔިތުންގެ ލޯތްބާއި ތާއީދު އަދިވެސް އުނިނުވާކަން އެމަނިކުފާނު ބާއްވަވާ ޖަލްސާތަކުންނާއި ރައްޔިތުންގެ ޝުއޫރުތަކުން ދަނީ ހާމަވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved