March 28, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މަލީހް ޝުޖާޢުއަށް: ޕީއެންސީއަކީ މިހާރު އެމްޑީޕީގެ ގޮތްޕެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 28, 2026, 12:34 PM
މާލެ ސިޓީ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ބޭއްވި "ޗަގޯސް" ޖަލްސާގައި ރައީސް ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޝުޖާޢު ދެއްކި ވާހަކަތަކަކަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ސަރުކާރަށާއި ޝުޖާއުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. 

Advertisement

ޗަގޯސް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން، ރައީސް ނަޝީދު އެ ވިދާޅުވާ "އަނެއް ދިވެހިރާއްޖެ" ވެސް މި ސަރުކާރަށް ވުރެ މާ ރަނގަޅު ވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބުތަކުގައި ޕީއެންސީގެ ކެންޑިޑޭޓުން ފިޔަވައި އެހެން ކޮންމެ ބަޔަކަށް ތާއީދު ކުރެއްވުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސް ޔާމީންގެ މި ވާހަކަފުޅަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ "އަނެއް ދިވެހިރާއްޖެ" އަށް ދާން ބޭނުން ނުވާ ކަމަށެވެ. ޝުޖާއުގެ މި ވާހަކައާ ގުޅިގެން މަލީހް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ބާރަށު ދާއިރާގެ މެންބަރު ޝުޖާއުއަށް ޖީޕީއެސްއެއް ހޯދައިދޭން ޖެހިފައިވާ ކަމަށެވެ. މަލީހް ވިދާޅުވި ގޮތުގައި ޝުޖާއު މިހާރު އެ ހުންނެވީ ސީދާ "އަނެއް ދިވެހިރާއްޖޭގަ" އެވެ.

"މަނިކުފާނުގެ ކަނާތާއި ވާތާއި ކުރިމަތި އަދި ފަހަތުގައި ތިޔަ އުޅެނީ އަނެއް ދިވެހިރާއްޖޭގެ ބޮހުން. އެމްޑީޕީގެ ގޮތްޕެކޭ މިހާރު ޕީއެންސީއަކީ. ފޭސް 1 އަދި ފޭސް 2. ކޮބާތޯ ލަދު؟" މަލީހް ސުވާލު އުފެއްދެވިއެވެ.

މަލީހްގެ މި ފާޑުކިޔުންތައް ޝުޖާއުއަށް އަމާޒުވެފައިވާއިރު، ޝުޖާއުއަކީ ކޮރަޕްޝަންގެ އެތައް މައްސަލައެއް ފެންމަތިވެފައިވާ ބޭފުޅެއްގެ ގޮތުގައި ވަނީ މަޝްހޫރުވެފައެވެ.. ސަރުކާރުގެ މާލިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، ގާތް މީހުންނަށް އޭގެ ފައިދާ ކުރާނެހެން ކަންކަން މަގުފަހިކޮށްދޭ މީހެއްގެ ތުހުމަތު ވެސް ޝުޖާއުގެ މައްޗަށް ވަނީ އަމާޒުވެފައެވެ.

ޕީއެންސީގެ އެތެރޭގައި އެމްޑީޕީގެ ފިކުރުގެ މީހުން އިސްކޮށް ތިބި ކަމަށް ބުނެ، ޕީއެންއެފްގެ އިސްވެރިން ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މިގޮތުން މިހާރުގެ ޕީއެންސީއަކީ އެމްޑީޕީގެ "ދެވަނަ ފޭސް" ކަމަށް މަލީހް ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved