April 3, 2026
Advertisement
Gasim Ibrahim
Gasim Ibrahim / ސޯޝަލް މީޑިއާ

ސޭޓުގެ ރިސޯޓުތަކުން ފިއުލް ސޭވް ކުރުމަށް ކަރަންޓު ކަނޑަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 3, 2026, 05:45 PM
މާލެ ސިޓީ

ސަރުކާރުގެ ކޯލިޝަން ބައިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ހިންގާ ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ތެލުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި، އެ ރިސޯޓުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ފަށައިފިއެވެ. މިކަން މިގޮތަށް ކުރަން ފަށާފައި މިވަނީ، ރައްޔިތުންގެ ޓެކްސް ފައިސާއާއި، ދައުލަތުން ދޭ ސަބްސިޑީގެ އިތުރުން ގިނަ އަދަދެއްގެ ފަޅުތަކާއި ގުދުރަތީ ވަސީލަތްތައް ސަރުކާރުން ގާސިމް އިބްރާހިމަށް ފަހިކޮށްދީފައިވާއިރުގައެވެ.

Advertisement

މި ސަރުކާރާއި ގާތް ގުޅުމެއް ބާއްވާ މަހުޖަނުންނަށް ބޮޑެތި މަންފާތަކެއް ލިބޭއިރު، ރިސޯޓުތަކުގެ ހާލަތު މިދަރަޖައަށް ވެއްޓިގެން ދިއުމަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ފޭލްވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަކި ބަޔަކަށް "ކަޓު" ނަގައިގެން މަންފާ ހޯދައިދޭއިރު، އާންމު ރައްޔިތުންނަށް މިކަމުގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށްފަހު، އާންމު ރައްޔިތުންނަށް ސީދާ ގޮތުން ނޭދެވޭ އަސަރުކުރާނެ އާ ސިޔާސަތުތަކެއް ތަންފީޒު ކުރަން ރާވަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މީގެ ތެރޭގައި ޓެކްސް ބޮޑުކުރުމާއި، ދިރިއުޅުމުގެ އަގުތައް އުފުލިގެންދާނެ ފަދަ ނިންމުންތައް ހިމެނޭ ކަމަށް ބެލެވެއެވެ.

ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކަށް ދައުލަތުގެ މުއްސަނދިކަން ބަހަމުންދާއިރު، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އާންމު ރައްޔިތުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މި ސަރުކާރުގެ މިފަދަ ނިންމުންތަކުގެ ސަބަބުން ގައުމުގެ އިގްތިސާދީ ހަމަޖެހުން ގެއްލި، ރައްޔިތުންގެ ޖީބަށް ބޮޑެތި ލޮޅުންތަކެއް އެރުން ގާތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved