March 28, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ސަން އޮންލައިން

ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ކުރާ ލީޑަރުންގެ އަނގަ މިއަދު ނުފަޅަނީ ކީއްވެތޯ؟ ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Apr 30, 2025, 12:00 AM
މާލެ ސިޓީ

އަބަދުވެސް ތިބޭނީ ރައްޔިތުންނާ އެކު ކަމަށް ބުނާ ގިނަ ސިޔާސީ ލީޑަރުން މިއަދު ގައުމުގެ ކަންކަން ބޮއްސުންލައިގެންދާއިރުވެސް އަނގައިން ބަސްފުޅެއް ވިދާޅުނުވާތީ ރައީސް އަބްދުﷲ ޔާމީން ނުުރހުން އަމާޒުކުރައްވައިފިއެވެ.

Advertisement

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމުގައި މިއަދު ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އެގޮތުން ދާދި ފަހުން ޒުވާން އަންހެން ކުއްޖެއް ކަމަށްވާ ހައްވާ ޔުމްނު ވެއްޓުނު ހާދިސާއަށް ނަޒަރު ހިންގަވާލައްވާ ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ އެއްވެސް ވެރިއަކު އެކަން ސަމާލުކަމަށް ގެނެސް އެކަމުގައި ފިޔަވަޅު އެޅުމަށް އަވަސްވެގެންފައި ނުވާ ކަމަށަ އަދި ރައްޔިތުންގެ މަޖިލީހުގައި ވެސް އެކަމާ މެދު ސަރުކާރުގެ މެމްބަރުން މަސައްކަތެއް ކުރައްވާފައި ނުވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މީގެ އިތުުރުން ގައުމުގައި ކޮރަޕްޝަން އިންތިހާއަށް އޮތްއިރުވެސް އެމްއެމްޕީއާރުސީ މައްސަލައިން ފެށިގެންވެސް އެއްވެސް ކޮރަޕްޝަންގެ މައްސަލައެއް ނުބަލާ ކަމަށަ ނުވެސް ބެލޭނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ގައުމުގައި މިއަދު މިހުރިހާ ކަންބޮޑުވުންތައް ހުރި އިރުވެސް ގައުމުގެ ހައްގުގައި ބަސްބުނަން ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވާ ލީޑަރުންގެ ހިލަމެއް ނުވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް މައުމޫނުއާ ކާނަލް ނާޒިމްއާ ގާސިމް އިބްރާހިމުމެން ފަދަ ލީޑަރުން މިއަދު ކޮބައިތޯ އައްސަވާ ރައީށް ޔާމީން ވަނީ މިއަދު ވެރިން ޒިންމާދާރު ކުރުވަން ކުރާ މަސައްކަތެއް ކުރަނީ އެމްޑީޕީއާ އަދި އެމަނިކުފާނުގެ ޕާޓީ ޕީއެންއެފުންކަން ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ކުރާ ލީޑަރުންގެ އަނގަ މިއަދު ނުފަޅަނީ ކީއްވެތޯ؟

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ، މިއަދު ޒުވާނުން އަޑު އުފުލަން ނުކުތުމުން ސަރުކާރު ގޮތް ހުސްވެއްޖެކަމުގެ ކޮޅުމަތި ފެނިއްޖެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved