theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މައުމޫނާއި ސިޔާދުވެސް ތުހުމަތުތަކާ އެކު ޖަލަށްލި، އޮޅުވާލަނީ ކާކަށް؟ / ތޭރަގްރެފިކްސް
ހަބަރު
މައުމޫނާއި ސިޔާދުވެސް ތުހުމަތުތަކާ އެކު ޖަލަށްލި، އޮޅުވާލަނީ ކާކަށް؟
17 އޯގަސްޓު 2025
މާލެ ސިޓީ

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާ އަދި ކޯޓުތަކަށް ފަރިތަ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމުގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމު ސިޔާދު ގާސިމް 2018 ވަނަ އަހަރު ހައްޔަރުކުރީ ތުހުމަތުތަކެއް ހުރެގެން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެން އެމަނިކުފާނު އަތުން ފައިސާކޮޅެއް ކަޓުވާލުމަށް އޮތް މަގަކީ ހަމައެކަނި ކޯޓުގެ މަރުހަލާއިން ކަމަށްވާތީ ރައީސް މައުމޫނާ ގާސިމްވެސް އެކަމުގައި ގާނޫނީ ފިޔަވަޅު އަޅަން ފޫގަޅާފައިވާއިރު، މައުމޫނުގެ އިތުރުން ސިޔާދުވެސް ޖަލަށްލާފައިކަމުގެ ހެކި ފެންނަން އެބަ ހުއްޓެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓުން ނެރުނު އާދަޔާ ޚިލާފު ހުކުމާ އެކު މުޅި ގައުމުގައި ހިނގައިގެން ދިޔަ ކަންތައްތަކަކީ އާންމުން ދަނެ ފަރިތަ ވާހަކައަކަށް ވާއިރު، އެކަމުގެ ތަހުގީގުގެ ތެރެއިން ކުރީގެ ރައީސް މައުމޫނާ އެމަނިިކުފާނުގެ ދޮށީ ދަރިކަލުން ފާރިސް މައުމޫނާ އަދި ގާސިމްގެ ދަރިފުޅު ސިޔާދުވެސް ހައްޔަރުކުރިއެވެ.

ހައްޔަރު ކުރީ ތުހުމަތުތަކަކާ އެކު އެވެ. އެގޮތުން ރައީސް މައުމޫނަށް ފުލުހުން ކުރި ތުހުމަތުތަކުގެ ތެރޭގައި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުން ހިމެނެ އެވެ. އެކަމާ ގުޅޭ ހެކިބަހާއި ހެލި ލިބިފައި ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ. ޓެރަރިޒަމްގެ ދައުވާވެސް މައުމޫނުގެ މައްޗަށް އުފުލިއެވެ.

ރައީސް މައުމޫނު ތަހުގީގަށް ފޯން ނުދެއްވި މައްސަލާގައި އަދުލު އިންސާފަށް ހުރަސްއެޅިކަމުގެ ދައުވާ އުފުލައި ރައީސް މައުމޫން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2018 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

އެހުކުމް ބާތިލުކުރީ ރައީސް މައުމޫނުގެ އާއިލާގެ ވެސް ބައިއަތާއެކު 2018 ވަނަ އަަހަރު އެމްޑީޕީއިން ވަގަށް ނެގި ވެރިކަމުގައެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އޭރުގެ މެމްބަރު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދަރިކަލުން ސިޔާދް ގާސިމް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ، 2018 މާޗު 21 ގައެވެ. ފާރިސް ބަންދުކުރަން އަމުރުކުރީ ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ. ސިޔާދު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ އޭނާގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާއާ ގުޅިގެންނެވެ.

ސިޔާދްގެ މައްޗަށް ދައުވާ ކުރީ އޭނާގެ ސޮއިކޮށް، ވިލާ ކުންފުނިން ދީފައިވާ ލިޔުމެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރާއްޖެއިން ބޭރުން ގަތް މުދާތަކަކަށް ފައިސާ ދައްކަން 2.4 މިލިއަން ޑޮލަރު ދީފައިވާ މައްސަލައިގައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ދަރިކަލުންގެ ނަމުގައި މެލޭޝިޔާގެ "ސައިބަރޖަޔާ" އިން ލޭކް ފްރޮންޓް ވިލާތަކެއް ރިޒާވް ކޮށްފައިވާ ކަމަށް ބުނެ، އެތަންތަނަށް ދައްކަން ޖެހޭ ފައިސާތަކުގެ ތެރެއިން ބައެއް، ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ބުނާ ހެކިތަކުގެ ޑޮކިއުމެންޓްތައް ވެސް ހުއްޓެވެ.

ފާރިސް އާ ސިޔާދުއާ ދެ ބޭފުޅުންގެ ވެސް ހުކުމް ބާތިލު ކުރީ ދެ ބޭފުޅުންގެ ވެސް އާއިލީ ބައިއަތާ އެކު 2018 ގައި އެމްޑީޕީއިން ވަގަށް ނެގި ވެރިކަމުގައެވެ. މި މައުލޫމާތުތަކަކީ ރާއްޖޭގެ ކަމާ ގުޅުން ހުރި އިދާރާތަކުގައި އާކައިވްކުރެވި ރައްކާކުރެވިފައި ހުންނަންވާނެ މައުލޫމާތެވެ.

އެހެންކަމުން ރައީސް ޔާމީން ދެއްވި އިންޓަވިއުއެއްގައި، އެ ވާހަކަ ތަކުރާރުކުރެއްވުމުން އެމަނިކުފާނާ ދެކޮޅަށް އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް ބަލަން މައުމޫނާ ގާސިމް ހޭފުޅުލެއްވިގެން އުޅުނަސް ހަގީގަތް އޮޅުވާނުލެވޭނެއެވެ. ހައްޔަރުކުރީ ތުހުމަތުތަކާ އެކު ހެކި ހުރުމުންނެވެ. ހިންޏަށް ހަކުރު އޮޅުވާލުން ކަހަލަ ކަމެއް ކުރަން ގާސިމްއާ މައުމޫނު މި އުޅުއްވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ވާންވާއިރަށް ރައީސް ޔާމީން އަތުން ފައިސާކޮޅެއް "ޕަކަޅައިގެން" މުއިއްޒުގެ ވައްކަން ކުރާ ބައިގަނޑަށް ޚަރަދުކުރަން ނޫން ދެވަނަ ކަމަކު ނޫނެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?