March 28, 2026
Advertisement
މުއިއްޒު އާއި ގާސިމް
މުއިއްޒު އާއި ގާސިމް / ރައީސް އޮފިސް

ކައުންސިލްތަކުގެ ބާރު ކުޑަކުރުމަށް ގާސިމްވެސް މުއިއްޒުއާ އެއްބައިވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Aug 17, 2025, 06:14 PM

ލޯކަލް ކައުންސިލްތަކަށް ލިބިދީފައި އޮތް ވަރަށް ގިނަ ބާރުތައް ހަނިކޮށް ފާސް ކުރި އިސްލާހުތަކަށް ތާއީދު ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Advertisement

ގާސިމް މިފަދައިން ވިދާޅުވެފައިވަނީ އޭނާ ނެރުއްވި ބަޔާނެއްގައެވެ.

އޭނާ ވިދާޅުވީ، ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދިނުމަށާއި ތަރައްގީގެ މަޝްރޫއު ހިންގުމަށާއި މުވައްޒަފުން ނެގުމަށް ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތައް އަތުލައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކީ ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ މުހިންމު އިސްލާހުތަކެއް ކަމަށެވެ.

ގާސިމް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން މުއިއްޒު ވިދާޅުވި ވާހަކަތަކަށް އޭނާ ވެސް ތާއީދު ކުރައްވާ ކަމަށެވެ.

ގާސިމް ވިދާޅުވީ، ލާމަރުކަޒީ ގާނޫނު ކުރިން އޮތް ގޮތުން ބޮޑަށް އޮތީ ފެޑެރަލް ނިޒާމެއްގެ ސިފަތަކެއް ކަމަށެވެ. އެކަމަކު، ގާނޫނުއަސާސީގައި ބުނާ ގޮތުން ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމްވެސް ކައުންސިލްތަކުގެ ބާރު ކުޑަކުރުމަށް ތާއިދުކުރި އިރު 60 އަށްވުރެ ގިނަ ކައުންސިލުން ވަނީ ގާނޫނަށް ގެނައި އިސްލާހާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved