April 30, 2026
Advertisement
މޯލްޑިވްސް ޕޮލިސް ސާރވިސް
މޯލްޑިވްސް ޕޮލިސް ސާރވިސް / އެޑިޝަން.އެމްވީ

މަގުތަކަށް ކުނި ނޭޅުމަށް ފުލުހުން އިލްތިމާސްކޮށްފި

Aishath Naja
އައިޝަތު ނަޖާ
Mar 14, 2024, 08:53 PM
މާލެ ސިޓީ

މާލެގެ މަގުތަކަށް ކުނި ނޭޅުމަށާއި މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށް އެންމެން ވެސް އެއްބާރުލުން ދިނުމަށް ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

Advertisement

ފުލުހުން މިއަދު ބުނީ މަގުތަކަށް ކުނިއަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

އެގޮތުން ކުނި އަޅާ މީހާ ނުވަތަ ބަޔަކު ދެނެގަނެވިފައިވާނަމަ އެމީހަކު ނުވަތަ އެބަޔަކު އެޅި ކުނި އެމީހުން ލައްވައި ނަގުވައި މަގު ސާފުކުރުވުމުގެ މަސައްކަތް ވެސް ކުރުވަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މަގުތަކަކީ ސާފުތާހިރުތަނަކަށް ހެދުމަށް، މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ފަރުދީ ޒިންމާ އަދާކޮށް ބަލިތައް ފެތުރުމުން ރައްކާތެރިވުމަށް މަގުތަކަށް ކުނި އެޅުމުން ދުރުހެލިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved