May 1, 2026
Advertisement
.
.

ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކޮށް، "މަދުކުރަނީ" ކަމަށް ބުނެ އޮޅުވާލަނީ!

Yana Shareef
ޔާނާ ޝަރީފް
Apr 30, 2026, 03:09 PM

ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ނިމުމުން ނޫނީ އެ މުވައްޒަފުންގެ ސީދާ އަދަދު ހާމަނުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
"ޕްރެސާ ވިތު ދަ ސްޕޮކްސް"ގެ ނަމުގައި ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ނޫން ކަމަށާއި، އެއީ އިންތިގާލީ މަރުހަލާގައި އިއުލާންކުރި އަދަދެއް ކަމަށެވެ. އަދި މިހާރު ސިޔާސީ މުވައްޒަފުންގެ އަދަދު ތިންބައިކުޅަ އެއްބައި މަދުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާތީ، ކޮންމެ ދުވަހަކު ވެސް އެ އަދަދަށް ބަދަލު އަންނަމުންދާ ކަމަށާއި، އެ މަސައްކަތް ނިމުމުން ސީދާ އަދަދުތައް އާންމުންނަށް ސާފުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

މީގެ އިތުރުން މުންދު ވިދާޅުވީ، ސިޔާސީ މަގާމުތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މަގާމުތައް ވެސް މަދުވެގެންދާނެ ކަމަށާއި، މި ބަދަލުތަކާއެކު ދެފުށް ފެންނަ ގޮތެއްގައި މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރާނެ ކަމަށް ބުނެ ރައްޔިތުންނަށް ވި ވައުދާ ޚިލާފަށް، މި ސަރުކާރުން ވަނީ ސިޔާސީ ވަޒީފާތަކުގެ އަދަދު 1,200 އަށް ވުރެ މައްޗަށް އަރުވައި ދައުލަތުގެ ބަޖެޓު އިނދަޖައްސާލާފައެވެ. އިގްތިސާދީ އިސްލާހީ ފިޔަވަޅުގެ ނަމުގައި މިހާރު މަގާމުތައް މަދުކުރަން އުޅޭ ކަމަށް ބުނެ ސަރުކާރުން ދައްކަމުންދަނީ، އަމިއްލަ އެކްޓިވިސްޓުންނަށް ވަޒީފާ ބަހައި ހުސްކުރި ފައިސާގެ ވަޅުގަނޑު ފޫބެއްދުމަށް ދައްކާ ބޯދާ ބަހަނާތަކެކެވެ. ރައީސް މުއިއްޒު ދާދިފަހުން، ސިޔާސީ ވަޒީފާ ދިނުމަކީ ރައްޔިތުން އެދޭ ގޮތް ނޫން ކަމަށް ވިދާޅުވެ އިތުރަށް ވަޒީފާ ނުދެއްވާނެ ކަމަށް ޔަގީންކަން ދެއްވިއިރު، މިއީ އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ވެވަޑައިގަންނަވާ "ފޮނި" ވައުދެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved