April 17, 2026
Advertisement
-
- / ރައީސް އޮފީސް

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުގެންނަވައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 16, 2026, 08:28 PM
މާލެ ސިޓީ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، 2026 ފެބުރުވަރީ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުގެންނަވައިފިއެވެ.

Advertisement

މި ކޮމެޓީއަށް ބަދަލުގެންނަވާފައިވަނީ، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، 2026 އެޕްރީލް 15 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ.

މި ބަދަލާއެކު ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

1. އަލްފާޟިލް މޫސާ ޒަމީރު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް (ޗެއަރ)

2. އަލްފާޟިލާ އިރުތިޝާމް އާދަމް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް

3. އަލްފާޟިލް މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް

4. އަލްފާޟިލް އަޙްމަދު ޝިޔާމް، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް

5. އަލްފާޟިލް މުޙައްމަދު އަމީން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން 

ސަރުކާރުގެ ވަޒީރުންގެ ކެބިނެޓަށްވެސް މިފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މަގާމުން ވަކިކޮށް އާ ކެބިނެޓެއް ވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved