July 7, 2026
Advertisement
ޑީބީއެމް ބޮޑަށް ވައްތަރީ ޕަވަރ ބޭންކަކާ: މަލީހު
ޑީބީއެމް ބޮޑަށް ވައްތަރީ ޕަވަރ ބޭންކަކާ: މަލީހު / މިހާރު

ޑީބީއެމް ބޮޑަށް ވައްތަރީ ޕަވަރ ބޭންކަކާ: މަލީހު

Jul 5, 2026, 09:39 PM
މާލެ ސިޓީ

މޯލްޑިވްސް ޑިވެލޮޕްމަންޓު ބޭންކް (ޑީބީއެމް) ބޮޑަށް ވައްތަރީ ޕަވަރ ބޭންކަކާ ކަމަށް ވިދާޅުވެ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ މުހިއްމު ޕްރޮޖެކްޓު ފުރިހަމަ ނުކުރެވުނުކަމަށާ ބޭންކަށް ވުރެ ޑީބީއެމް ވައްތަރީ ޕަވަރ ބޭންކަކާ ކަމަށެވެ.

ހަމައެހެންމެ ޑީބީއެމްގެ ކަންކަން ކުރިއަށް ނުދިޔަ ނޫންތޯ ވިދާޅުވެ މަލީހު ވަނީ އެހެންކަމުން ދެން އެންމެ ރަގަޅުވާނީ އެކަން ހުއްޓާލުން ކަމަށްވެސް މަލީހު ވިދާޅުވެފައިވެއެވެ.

މަލީހު ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ، ޑީބީއެމްގެ ޗެއަރޕާސަން ވެސް އިސްތިއުފާ ދެއްވީ އެ ބޭންނަކީ ތާކުން ތާކު ނުޖެހޭ  އަދި ހިޔާލީވެސް ބޭންކަކަށް ވުމުން ކަމަށް ބެލެވޭ ކަމަށެވެ.

ހަމައާ އެކު ބޭންކުން ވަނީ ގެއްލުން ކަން ފާހަގަކުރައްވާ މަލީހު ވިދާޅުވެފައިވަނީ، ބޭންކު ހުރި އިމާރާތުގެ ކުއްޔާ ލައިސަންސް ފީއާ  މުވައްޒަފުންގެ މުސާރަތައް އެއްކޮށްލުމުން ދިވެހި ދައުލަތަށް އެތައް މިލިއަން ރުފިޔާ ގެއްލުންވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައީސް މުއިއްޒުއާ އިގްތިސޯދި ވަޒީރު މުހައްމަދު ސައީދުގެ އިތުރުން ގަވަރުނަރު އަހުމަދު މުނައްވަރު ވެސް ޖަލުގެ ގޮޅިއަކަށް ފެތިއްޖެ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގައި މި ބޭންކު އިފުތިތާހުކޮށް، މިއަހަރުގެ ޖެނުއަރީ މަހު ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް، މިހާތަނަށް އަމަލީ ގޮތުން އެއްވެސް ޚިދުމަތެއް ފެށިފައި ނުވާ އެ ބޭންކުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންތަކެއް ވަނީ އިސްތިއުފާ ދީފައެވެ. 

ޑީބީއެމްއަށް ފުރަތަމަ އަހަރު 2.3 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓް ރިޕޯޓަކުން ވަނީ ދައްކާފައެވެ. ޑިވެލޮޕްމަންޓު ބޭންކު އިފުތިތާހުކުރީ ނޮވެންބަރު 16، 2024 ގައެވެ.

ޑީބީއެމް އުފެއްދިތާ އަހަރެއްހާ ދުވަސްފަހުން އެ ބޭންކަށް ވިޔަފާރި ފެށުމުގެ ހުއްދަ ދިނީ މި އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. ނަމަވެސް އެ ފަހުން ވެސް އެ ބޭންކުގެ ޚިދުމަތްތައް އަދިވެސް ފެށިފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved