April 5, 2026
Advertisement
.
. / ތޭރަ އޮންލައިން

އާޒިމްގެ ކާމިޔާބީއަށް ޒަރިޔަންދު މަރުހަބާ ވިދާޅުވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Apr 5, 2026, 01:08 AM

2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމުގެ ގޮނޑި އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެ މަގާމަށް ވާދަކުރެއްވި "ގައުމީ ކެންޑިޑޭޓް" އިސްމާއީލް ޒަރިޔަންދު މަރުހަބާ ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވަނީ އާޒިމް ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ، ކުރިއަށް އޮތް ދައުރުގައި މާލެ ސިޓީ ކައުންސިލަކީ ކޮރަޕްޝަނުން އެއްކިބާވެފައިވާ އިދާރާއަކަށް ވުމަށާއި، މާލެއަކީ ރައްޔިތުންނަށް ހަގީގީ މާނައިގައި ދިރިއުޅެން ފަސޭހަ ސިޓީއަކަށް ހައްދަވައިދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން، މި އިންތިޚާބުގައި ޒަރިޔަންދަށް އިތުބާރުކޮށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށާއި، ކެމްޕޭނުގެ މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ސަޕޯޓަރުންނަށް އޭނާ ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. މި ފަހަރުގެ ކައުންސިލް އިންތިޚާބުގައި ޒަރިޔަންދު ވާދަކުރެއްވީ މާލޭގެ ތަރައްގީއަށާއި ރައްޔިތުންގެ ހައްގުތަކަށް މަސައްކަތްކުރާނެ ކަމުގެ ވައުދާއެކުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved