April 5, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިންތިޚާބުގެ ނަތީޖާއިން ބުނެދިނީ ހުސް ގޮނޑިއާއި ނުލާ މުއިއްޒަކީ ހަމަ "އެލް ސޯފާ" އެކޭ: ޑރ. ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 5, 2026, 01:23 AM
މާލެ ސިޓީ

މިއަދު ބޭއްވުނު އިލެކްޝަންތަކުގެ ނަތީޖާއިން ފެނިގެންދިޔައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރު ނެތް މިންވަރު ކަމަށާއި، ރައީސް ޢަބްދުﷲ ޔާމީން އަށް ޚާއްސަކުރި "ހުސް ގޮނޑި" އާ ނުލައި މުޢިއްޒަކީ ހަމައެކަނި "އެލް ސޯފާ" އެއްގެ ގޮތުގައި ޑރ. ޖަމީލް ސިފަކުރައްވައިފިއެވެ.

Advertisement

މިއަދު ބޭއްވުނު ތިން އިލެކްޝަނުން ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން މީޑިއާތަކާ ވާހަކަދައްކަވަމުން، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ޕީއެންއެފްގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ، މިއަދުގެ ނަތީޖާއަކީ ރައީސް މުޢިއްޒަށް ރައްޔިތުން ދިން ވަރުގަދަ މެސެޖެއް ކަމަށެވެ.

"ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި ރައީސް ޔާމީންގެ ނުހައްގު ޖަލު ހުކުމާ ގުޅިގެން ބެހެއްޓި 'ހުސް ގޮނޑި' އަކީ އެއީ މުޢިއްޒު ވެރިކަމަށް ގެނައުމުގެ އަސްލު ބާރު. އެ ގޮނޑިއާ ނުލައި، އެ ރަމްޒީ ތާއީދާ ނުލައި މުޢިއްޒަކީ ހަމަ އެލް ސޯފާއެއްކަން މިއަދު މިވަނީ ސާބިތުވެފައި،" ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި ވެރިކަމަށް ވަޑައިގެން، މިއަދު އެމަނިކުފާނު އެކަހެރިކޮށްލުމުގެ ނަތީޖާ ހިތިވާނެ ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ މަގުބޫލުކަން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވެއްޓިގެން ދިއުމަކީ ސަރުކާރުން ކުރަމުންދާ "ޒާތީ" ކަންކަމުގެ ނަތީޖާ ކަމަށްވެސް ޖަމީލް ތުހުމަތު ކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved