April 4, 2026
Advertisement
ރައީސް ޔާމީން ފަރުދީ ޒިންމާ އަދާކުރައްވާ ވޯޓު އަޅުއްވައިފި، އެދިވަޑައިގެންނެވީ ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށް!
ރައީސް ޔާމީން ފަރުދީ ޒިންމާ އަދާކުރައްވާ ވޯޓު އަޅުއްވައިފި، އެދިވަޑައިގެންނެވީ ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށް! / ތޭރަގްރެފިކްސް

ރައީސް ޔާމީން ފަރުދީ ޒިންމާ އަދާކުރައްވާ ވޯޓު އަޅުއްވައިފި، އެދިވަޑައިގެންނެވީ ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށް!

Apr 4, 2026, 01:01 PM
މާލެ ސިޓީ

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓުގައި ބައިވެރިވަޑައިގެން ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓުލައްވައިފިއެވެ.

Advertisement

ރައީސް ޔާމީން ވޯޓުލައްވާފައި ވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. އެމަނިކުފާނުގެ އަރިހުގައި ދަރިކަލުން އަދި ޕީއެންއެފްގެ ނައިބު ރައީސް ޒޭން ޔާމީންވެސް ވޯޓުގެ ޒިންމާ އަދާކުރައްވާ ވޯޓު އެޅުއްވިއެވެ.

ވޯޓުލުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ، ކެރިކުޅަދާނަކަން ހުރި ހުރިހާ ރައްޔިތުން ވޯޓުލާން ނިކުތުމަށް އިލްތިމާސް ކުރައްވާފައެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިއަދު ނެގޭ ރިފަރެންޑަމް ވޯޓަކީ ގައުމުގެ ސިޔާސީ ކުރިމަގު ބައްޓަންވެގެންދާނެ މުހިއްމު ވޯޓެކެވެ. އެހެންކަމުން، މިއީ ދައުލަތާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ވީހާވެސް ގިނަ ރައްޔިތުން ވޯޓުލާން ނެރުމަށް މަސައްކަތް ކުރަންޖެހޭ އިންތިހާބެއް ކަމަށް ވިދާޅުވިއެވެ.މިއަދުގެ އިންތިހާބުތައް އިންތިޒާމުކޮށްފައިވާ ގޮތާމެދު ރައީސް ޔާމީން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އިންތިހާބުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް އިލެކްޝަންސް ކޮމިޝަނުން އެދެވޭ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. ވަކިން ހާއްސަކޮށް، ރިފަރެންޑަމް ވޯޓު ކަރުދާސްކޮޅު ފަރުމާކޮށްފައި އޮތީ ގިނަ ބަޔަކަށް އޮޅުން އަރާފާނެ ގޮތަކަށް ކަމަށް ޔާމީން ވިދާޅުވިއެވެ. 

ހަަމައެހެންމެ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވޯޓުލުމުގެ ފުރުސަތު ހަނިވެފައިވާކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާ ފަދަ ގައުމުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ގިނަ ބަޔަކު ތިބި ނަމަވެސް، ރީ-ރެޖިސްޓްރީ ކުރި މީހުންގެ އަދަދު މަދުކަމަށް ބުނެ އެ ގައުމުތަކުގައި ފޮށި ނުބެހެއްޓުމަކީ ގިނަ ބައެއްގެ ހައްގު ގެއްލިގެންދިޔަ ކަމެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved