May 25, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ވަށައިގެން އުޅުނު ހަރުފަތަށް ލީ ވިހައިގެ ފަރުވާ އެނގޭ، ގޭމް އޮން: ޑރ. ޖަމީލް

Aiminath Sarah
އައިމިނަތް ސާރާ
May 24, 2026, 10:50 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކުރީ ސަފުގައި މިއަދު ތިއްބެވި އެއްވެސް ބޭފުޅަކަށް އަޚްލާގާއި އިޚްލާސްތެރިކަމުގެ ވާހަކަ ނުދެއްކޭނެ ކަމަށް ވިދާޅުވެ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.

Advertisement

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، މިހާރު ޕީއެންސީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމްގެ ވަށައިގެން އުޅުނު "ހަރުފަތަކެއް" ކަމަށެވެ. އަދި އެ ބޭފުޅުން ވަނީ ރައީސް ޔާމީނަށް ދަތްއަޅާފައި ކަމަށްވެސް ޖަމީލް ސިފަކުރެއްވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ، ޕީއެންސީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަކީ އިޚްލާސްތެރިކަމެއް ނެތް ބައެއް ކަމަށާއި، އެ ބޭފުޅުންނަށް އަޚްލާގީ މިންގަނޑުތަކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް ނެތް ކަމަށެވެ.

ރައީސް ޔާމީނަށް އެ ބޭފުޅުން ދިން ގެއްލުންތަކުން އަރައިގަންނާނެ ގޮތާއި، އެކަމަށް އޮތް ފަރުވާ ރައީސް ޔާމީނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved