April 6, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މާދަމާ ރޭ ފްރޮންޓް އޮފީހުގައި އޮންނާނެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 5, 2026, 05:46 PM
މާލެ ސިޓީ

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއް މާދަމާ ރޭ ބޭއްވުމަށް ނިންމައި، އެ ބައްދަލުވުމަށް ވީހާވެސް ގިނަ ރައްޔިތުންނަށް ދަޢުވަތު އަރުވައިފިއެވެ.

Advertisement

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މަޢުލޫމާތު ދޭ ގޮތުގައި، މި ޖަލްސާ އޮންނާނީ މާދަމާ ރޭ، އޭޕްރީލް 6 ވާ ހޯމަ ދުވަހުގެ ރޭ 8:45 ގައެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ޕާޓީގެ ފްރޮންޓް އޮފީހުގައެވެ.

އާންމުކޮށް މި ޖަލްސާތައް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނަމަވެސް، މި ހަފްތާގެ ޖަލްސާ މާދަމާ ރެއަށްވަނީ ތާވަލުކޮށްފައެވެ. މި ޖަލްސާގެ މައިގަނޑު ބޭނުމަކީ ޤައުމުގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރުމާއި، މިހާރުގެ ސަރުކާރުގެ ސިޔާސަތުތައް ފެއިލްވަމުންދާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރުމެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ޖަލްސާއެއް މާދަމާ ރޭ ބޭއްވުމަށް ނިންމައި، އެ ބައްދަލުވުމަށް ވީހާވެސް ގިނަ ރައްޔިތުންނަށް ދަޢުވަތު އަރުވައިފިއެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މަޢުލޫމާތު ދޭ ގޮތުގައި، މި ޖަލްސާ އޮންނާނީ މާދަމާ ރޭ، އޭޕްރީލް 6 ވާ ހޯމަ ދުވަހުގެ ރޭ 8:45 ގައެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ޕާޓީގެ މައި މަރުކަޒު ކަމަށްވާ ފްރޮންޓް އޮފީހުގައެވެ.

އާންމުކޮށް މިފަދަ ޖަލްސާތައް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނަމަވެސް، މި ހަފްތާގެ ޖަލްސާ މާދަމާ ރެއަށް ތާވަލުކުރީ ޚާއްސަ ސަބަބުތަކަކާ ހުރެކަމަށް އެ ފަރާތުން ބުނެއެވެ. މި ޖަލްސާގެ މައިގަނޑު ބޭނުމަކީ ޤައުމުގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރުމާއި، މިހާރުގެ ސަރުކާރުގެ ސިޔާސަތުތައް ފެއިލްވަމުންދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރުމެވެ.

ޚާއްސަކޮށް، ރައީސް މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންކަން ކުރިއަށްގެންދާ ގޮތާ މެދު ހުރި ފާޑުކިޔުންތަކާއި، ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް މި ޖަލްސާގައި ހިއްސާކުރާނެ ކަމަށް ބެލެވެއެވެ.

ޕީއެންއެފް އިން ވަނީ ޤައުމުދެކެ ލޯބިވާ، އަދި ޤައުމުގެ އިސްލާޙަށް އެދޭ ވީހާވެސް ގިނަ ބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އިލްތިމާސްކޮށްފައެވެ. ރައީސް ޔާމީން އިސްވެ ހުންނަވައިގެން ބާއްވާ މި ޖަލްސާއަކީ ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ މުހިއްމު ބައްދަލުވުމަކަށް ވާނެ ކަމަށް ބެލެވެއެވެ.

ޚާއްސަކޮށް، ރައީސް މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންކަން ކުރިއަށްގެންދާ ގޮތާ މެދު ހުރި ފާޑުކިޔުންތަކާއި، ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް މި ޖަލްސާގައި ހިއްސާކުރާނެ ކަމަށް ބެލެވެއެވެ.

ޕީއެންއެފް އިން ވަނީ ޤައުމުދެކެ ލޯބިވާ، އަދި ޤައުމުގެ އިސްލާޙަށް އެދޭ ވީހާވެސް ގިނަ ބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އިލްތިމާސްކޮށްފައެވެ. ރައީސް ޔާމީން އިސްވެ ހުންނަވައިގެން ބާއްވާ މި ޖަލްސާއަކީ ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ މުހިއްމު ބައްދަލުވުންތަކެކެވެ. އަދި ގިނަ ރައްޔިތުންގެ ތަރުހީބު މި ޖަލްސާތަކަށް ލިބެމުން އަންނަކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved