March 20, 2026
Advertisement
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ކުޅުދުއްފުށީ ސިޓީގެ ބައެއްގޭ ތަކުގެ ކަރަންޓު ބިލް ބޮޑުވުމާއި ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 30, 2025, 01:35 AM
މާލެ ސިޓީ

ކުޅުދުފުށީސިޓީގެ ބައެއް ގޭބިސީތަކުގެ ކަރަންޓުބިލް ބޮޑުވުމާއި ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Advertisement

މެއި މަހުގައި އައި ކަރަންޓް ބިލު އޭގެ ކުރީ މަހުގެ ބިލްތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައި ވާކަމަށް ބުނެ ރައްޔިތުން ވަނީ މީސްމީޑިއާގައި އެ ގެއެއްގެ ބިލް ހިއްސާކޮށް އަޅާކިއާފައެވެ.

ރައްޔިތުންގެ މި ކަންބޮޑުވުން ކަމާބެހޭ މުއައްސަސާތަކަށާއި ސަރުކާރުގެ އެންމެ މަތީ ފަރާތްތަކާވެސް ހިއްސާކުރެވިފައިވާކަމަށާއި އަދި ސަރުކާރުން މިކަމަށް ލުއިގޮތެއް ހޯދަވައި ދެއްވާނެކަމަށް ޤަބޫލު ކުރަށްވާކަމުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލީސް މެންބަރު ފަރުހަތު މުޙައްމަދު ވިދާޅުވެފައިވެއެވެ.

ރައްޔިތުން ވަނީ ބިލް ބޮޑުވުމުގެ ސަބަބުން މި ކަން މެދުވެރިވާންވީ ކީއްވެގެންތޯ ސުވާލުކޮށް، ޝަކުވާ ހުށަހަޅާ ފައިވެއެވެ.

ކުޅުދުފުށީ ސިޓީގެ ރައްޔިތުން ވަނީ މިކަމަށް ހައްލެއް ހޯދުމަށްޓަކައި މިއަދު ހެނދުނު ފެނަކަ އޮފީހަށް ގޮސް އެ މުއައްސަސާގެ އިސްވެރިއެއްގެ ފަރާތުން ޖަވާބެއް ލިބޭތޯ މަސައްކަތްކޮށްފައެވެ. ނަމަވެސް ރައްޔިތުންނަށް މި މައްސަލައާއި ގުޅިގެން އެދެވޭ ޖަވާބެއް ލިބިފައި ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved