April 7, 2026
Advertisement
ރައީސް މުއިއްޒުގެ އެންމެ އަރިސް އެކަކު ކަމަށްވާ ޚަލީލު އަދި މުހައްމަދު އިސްމާއިލް ނިސްބަތްވާ ހޯރަފުށިން ސަރުކާރަށް އެންމެ ގޮނޑިއެއް ވެސް ނުލިބި ލަދުވެތި ގޮތަކަށް ބަލިވެއްޖެ
ރައީސް މުއިއްޒުގެ އެންމެ އަރިސް އެކަކު ކަމަށްވާ ޚަލީލު އަދި މުހައްމަދު އިސްމާއިލް ނިސްބަތްވާ ހޯރަފުށިން ސަރުކާރަށް އެންމެ ގޮނޑިއެއް ވެސް ނުލިބި ލަދުވެތި ގޮތަކަށް ބަލިވެއްޖެ / ރައީސް އޮފިސް

ރައީސް މުއިއްޒުގެ އެންމެ އަރިސް އެކަކު ކަމަށްވާ ޚަލީލު އަދި މުހައްމަދު އިސްމާއިލް ނިސްބަތްވާ ހޯރަފުށިން ސަރުކާރަށް އެންމެ ގޮނޑިއެއް ވެސް ނުލިބި ލަދުވެތި ގޮތަކަށް ބަލިވެއްޖެ

Apr 6, 2026, 07:02 PM
މާލެ ސިޓީ

ހޮނިހިރު ދުވަހު ބޭއްވި ފޯރިގަދަ އިންތިހާބުތަކުގެ ތެރެއިން ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމު ޚަލީލު އަދި މަޖިލިސް މެމްބަރު މުހައްމަދު އިސްމާއިލް ނިސްބަތްވާ ހޯރަފުށިން އެންމެ ގޮނޑިއެއްވެސް ސަރުކާރު ހިންގާ ޕާޓީއަށް ނުލިބު ލަދުވެތި ގޮތަކަށް ބަލިވެއްޖެއެވެ.

Advertisement

އިންތިޚާބުގެ ނަތީޖާތަކުން ދައްކާ ގޮތުގައި، ހޯރަފުށީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. މީގެ އިތުރުން، އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ނެގުނު ފެންނަ ނުފެންނަ ވޯޓުގައިވެސް، ހޯރަފުށީގެ ގިނަ ރައްޔިތުން ވަނީ ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފައެވެ.

މިއާއެކު ތުހުމަތުތަކެއް ރަށުގެ ރައްޔިތުން ކުރަމުންވެސް ދެއެވެ. އެގޮތުން ޕީ.އެން.ސީގެ ބައެއް މެންބަރުން ތުހުމަތުކުރާ ގޮތުގައި، މި ނަތީޖާ މި ފަދަ ގޮތަކަށް ނުކުތީ މިނިސްޓަރު ޚަލީލާއި ދާއިރާގެ މަޖިލިސް މެންބަރު ގުޅިގެން ހިންގި ސިއްރު ހަރަކާތްތަކެއްގެ ސަބަބުންނެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ގިނަ ބޭފުޅުންގެ އަމިއްލަ ރަށުން މި އިންތިހާބުގައި ސަރުކާރަށް ތާއީދު ހޯއްދަވައިނުވާކަން ފާހަގަކޮށްލެވެއެވެ. 

މި ނަތީޖާއިން ރަމްޒުކޮށްދެނީ، މިހާރުގެ ސަރުކާރަށާއި، ސަރުކާރުގެ ވެރިންނާ މެދު  ހޯރަފުށީ ރައްޔިތުންގެ ނުހުން އޮތް މިންވަރު ކަމަށް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved