March 12, 2026
Advertisement
މީޑިޔާތަކަށް ދޭ ސްޕޮންސަރގެ ބައެއް މިނިސްޓަރު ޚަލީލަށް ދޭން ޖެހޭ ކަމުގެ އަޑުތަކެއް!
މީޑިޔާތަކަށް ދޭ ސްޕޮންސަރގެ ބައެއް މިނިސްޓަރު ޚަލީލަށް ދޭން ޖެހޭ ކަމުގެ އަޑުތަކެއް! / ސަން އޮންލައިން

މީޑިޔާތަކަށް ދޭ ސްޕޮންސަރގެ ބައެއް މިނިސްޓަރު ޚަލީލަށް ދޭން ޖެހޭ ކަމުގެ އަޑުތަކެއް!

Sep 8, 2025, 02:57 AM
މާލެ ސިޓީ

ރައީސް އޮފީހުންނާ އަދި ސަރުކާރުގެ އެކި ކުންފުނިތަކުންވެސް ސަރުކާރު ޕްރޮމޯޓުކޮށް ޚަބަރު ޖަހައިދިނުމަށް ޝަރުތުކޮށް އެކި މީޑީޔާތަކަށް ދޭ ފައިސާއިން ބައެއް ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމު ޚަލީލަށް ދޭންޖެހޭކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

Advertisement

މައުލޫމާތު އެނގި ހުރި މީޑިޔާއެއްގައި މަސައްކަތްކުރާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ސަރުކާރަކީ މީޑިޔާ ޕްރޯ ސަރުކާރެއް ކަމަށް މެޑަލް ޖަހަމުން ގެންދާ މި ސަރުކާރުގައި މީޑިޔާތަކަށް ދޭ ފައިސާއިން ވެސް ދަނީ ވައްކަން ކުރަމުން ކަމަށެވެ.

އެގޮތުން ސަރުކާރުގެ އެކި ކުންފުނިތަކާ ރައީސް އޮފީހުންވެސް ރައީސް މުއިއްޒު ޕްރޮމޯޓުކުރުމަށް މީޑިޔާތަކަށް ބޮޑު ހޭދައެއް ކުރަމުންދާއިރު އޭގެން ވެސް ބޮޑު ބައި ކަޓުވާލަނީ މީގެ ކުރިން ރައީސް އިބްރާހިމު މުހައްމަދު ސޯލިހަށާ ގާސިމް އިބްރާޙިމުއަށްވެސް މާ މޮޅަށް މީޑިޔާ ސްޓަންޓު ޖައްސައި ދިން އެއް ފަރާތް ކަމަށް ވާ ސަޅި ބައިސާ ޚަލީލުއެވެ.

އެގޮތުން މީޑިޔާތަކުން ސަރުކާރު ސްޕޮންސަރ ބޭނުންވާ ނަމަ ޚަލީލުއަށް ގުޅާލުމުން އެކަން ހަމަޖެހޭއިރު އެ ލިބޭ އެއްޗަކުން 7000 ރުފިޔާ ވަރު ޚަލީލަށް ކަޓުގެ ގޮތުގައި އެ މީޑިޔާއަކުން ދޭން ޖެހެއެވެ. މިއީ ހަގީގަތް ކަމަށާ ޚަލީލު މިކަން ދޮގު ކުރި ނަމަވެސް މިކަން ހާމަވާނެ ދުވަހެއް އަންނާނެ ކަމަށް ވެސް އެ މީހާ ވަނީ ކިޔައި ދީފައެވެ.

މީގެ ކުރިން ވެސް މި ފަދަ އަޑުތަކެއް އަރާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved