March 12, 2026
Advertisement
.
. / ރައީސް އޮފިސް

މީޑިޔާ ކޮންޓްރޯލް ބިލު ބޭރުކުރަން ގޮވާލި ހުރިހާ މީޑިޔާތަކަށް ދޭ ސްޕޮންސަރ ކަނޑަން ރައީސް އޮފީހުން އަންގައިފި

Sep 2, 2025, 09:28 PM

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިޔާ ކޮންޓްރޯލް ބިލު ބޭރުކުރުމަަށް ގޮވާލި ހުރިހާ މީޑިޔާތަކަށް ދޭ ސްޕޮންސަރތައް ކަނޑާލަން ރައީސް އޮފީހުން އަންގައިފިއެވެ.

Advertisement

ތޭރައޮންލައިން އަށް މައުލޫމާތު ލިބުނުގޮތުގައި އެގޮތަށް ރައީސް އޮފީހުން ސަރުކާރު ކުންފުނިތަކަށް އެންގީ ރައީސް މުއިއްޒުގެ ސީދާ އޯޑަރަށެވެ.

ސްޕޮންސާތައް ކަނޑާލުމުގެ ބޭނުމަކީ އެ މީޑިއާތައް އިނދަޖައްސާލައި ސަރުކާރާ ދެކޮޅު މީޑިއާތައް މަދުކުރުން ނުވަތަ ހުއްޓުވުން ކަމަށް މައުލޫމާތު ލިބެއެވެ.

އެސްއޯއީތަކުން މީޑިޔާތަކަށް ދޭ ސްޕޮންސަރ ކެނޑުމަށް މުއިއްޒު އޯޑަރު ދެއްވުމުން އެކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ ރައީސް އޮފީހުގެ ކޮމިޔިނުކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން ހުށަހަޅާފައިވާ މީޑިޔާ ކޮންޓްރޯލް ބިލު ބޭރުކުރުމަށް ރާއްޖޭގެ މެޖޯރިޓީ ނޫސްތަކުން ގޮވާލާފައިވެއެވެ.

މީގެއިތުރުން ބައިނަލްއަގްވާމީ 20 ޖަމިއްޔާއަކާއި މީޑިޔާ ކައުންސިލާ ބްރޯޑްކޮމްގެ އިތުރުން އެޗްއާރްސީއެމުން ވެސް ވަނީ ބިލާ ދެކޮޅުކަން ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved