theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް / ރައީސް އޮފިސް
ސިޔާސީ
ނޫސްވެރިން މަރަން ފަލާހު ގޮވާލުން ކުށްވެެރިކުރަން ހަލީލު ދެކޮޅު ހަދައިފި
28 އޯގަސްޓު 2025

ނޫސްވެރިން "އުލު" ބައިންދަން ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ގޮވާލުން ކުށްވެރިކުރަން ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރ އިބްރާހިމް ހަލީިލް ދެކޮޅު ހަދައިފިއެވެ.

ރައީސް އޮފީހުގެ ކުރިމަތީގައި މީޑިއާ ފެންޑާގެ ނަމުގައި ހަދާފައި ހުރި ތަނުގައި ނޫސްވެރިން އެއްވެ ތިއްބައި ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު އާއި ހަލީލް އެތަނަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދެއްކި އެވެ. ފަލާހުގެ ވާހަކަ ކުށްވެރި ކުރަން ހަލީލް ދެކޮޅު ހެއްދެވީ އަދަދު ނޫހުގެ ނޫސްވެރިޔާ ޝަހުޒާން އާއި ދައުރު ނޫހުގެ ނޫސްވެރިޔާ މުޒައްޔިން ކުރި ސުވާލަށް ޖަވާބު ދެެއްވަމުންނެވެ.

ނޫސްވެރިން މަރަން ގޮވާލުން ކުށްވެރިކުރަން ހަލީލް ދެކޮޅު ހެއްދެވީ އެއީ މަޖިލީހުގައި ޕީޖީ ލީޑަރު ދެއްކެވި ވާހަކައެއްކަމަށް ވިދާޅުވެއެވެ.

"އެތަނުގައި ދެއްކެވި ވާހަކައަށް އަޅުގަނޑު އެއްޗެއް ބުނާކަށް ނެތިން" ހަލީލް ވިދާޅުވިއެވެ.

އަސްވާޑުވެސް ވަނީ މަޖިލީހުގެ ދެއްކެވި ވާހަކައެއް ކަމަށް ވިދާޅުވެ އެ ވާހަކަ ކުށްވެރިކުރަން ދެކޮޅު ހަދާފައެވެ.

މީޑިޔާ ކޮންޓްރޯލް ބިލަށް ބަހުސް ކުރައްވަމުން ފަލާހު އިއްޔެ ވިދާޅުވީ ބައެއް މީޑިއާތަކުން ކުރާ މަސައްކަތް ގޯސްކޮށް ކަމަށާއި އެފަދަ ނޫސްވެރިން އުލުބައިންދާ މަރަންޖެހޭ ކަމަށެވެ.

އޭނާއަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ބުނެ މީޑިއާތަކުން ދޮގު ހެދި ކަމަށް ފަލާހު ބުންޏެވެ. ފަލާހު އެހެން ވިދާޅުވި ނަމަވެސް އެއްވެސް މީޑިއާއަކުން އެފަދަ ހަބަރެއް ނުލިޔެ އެވެ. އެ ވާހަކަ ބޮޑަށް ދައުރުވީ ސޯޝަލް މީޑިއާގަ އެވެ.


ދިވެހި ރަދީފުގައި ބުނެފައިވާ ގޮތުން އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މަރަން ގެންގުޅުނު ލާއިންސާނީ އުކުޅެކެވެ. އުލުބައިންދާއިރު ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މަރާލަން ބޭނުންވާ މީހާ ބައިންދާ ފުރަގަސް ފަރާތުން އޫ ހަރާލުމަށްފަހު ބޮލުން ދަގަނޑު ނެރެނީ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved