April 8, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ލުބުނާނަށް ހަމަލާދިނުން ނުހުއްޓާނެ ކަމަށް ބުނެ ސަހްޔޫނީން އެއްބަސްވުމާ ހިލާފުވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Apr 8, 2026, 04:56 PM

ލުބުނާނަށް ހަމަލާދިނުން ނުހުއްޓާނަން ކަމަށް ބުނެ އީރާނާ އެކީ ވެވުނު ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމާ އިސްރާލުން ހިލާފުވެއްޖެއެވެ.

Advertisement

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެމެރިކާއާއި އީރާނާއި އެމީހުންގެ އެކުވެރި ގައުމުތަކާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތްކަން ކަށަވަރުކޮށްދީފައެވެ. ކަށަވަރުކޮށްދިން މި އެއްބަސްވުމުގައި ލުބުނާނަށް ދޭ ހަމަލާތައް ހުއްޓުމަށް އެއްބަސްވުން ވެސް ހިމެނެއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ޝެހްބާޒް ވިދާޅުވީ ދެ ފަރާތުން ވެސް އެއްބަސްވެފައި ވަނީ "ލުބުނާނާއި އެހެން ގައުމުތައް ހިމެނޭ ގޮތަށް ހުރިހާ ތަނެއްގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް، ވަގުތުން އަމަލުކުރަން ފަށަން" ކަމަށެވެ. އަދި މި ނިންމުމަކީ ޢަދާވާތްތެރިކަން ކުޑަކޮށް ސަރަޙައްދު ހަމައަކަށް އެޅުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށް އޭނާ ވަނީ މި ފިޔަވަޅަށް މަރުޙަބާ ވިދާޅުވެފައެވެ.

ބޮޑުވަޒީރު ވަނީ އެއްބަސްވުމާ ގުޅިގެން އިތުރަށް މަޝްވަރާ ކުރުމަށް މި މަހުގެ 10 ވަނަ ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދަށް އައުމަށް ވަފުދުތަކަށް ދައުވަތު ދެއްވާފައެވެ.

ހަނގުރާމަ ހުއްޓާލުމުގެ އިއުލާން ކޮށްފައިވަނީ ޕާކިސްތާން މެދުވެރިއެއްގެ ގޮތުގައި ބައިވެރިކޮށްގެން ޑިޕްލޮމެޓިކް ގޮތުން ކުރާ ވަރުގަދަ މަސައްކަތްތަކަކާ ގުޅިގެންނެވެ. އަދި ހަފްތާތަކެއް ވަންދެން މަޝްރަހު އިތުރަށް ގޯސްވުމަށް ފަހު ދުނިޔޭގެ ގައުމުތަކުން ހަނގުރާމަ ހުއްޓުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved