April 5, 2026
Advertisement
.
.

ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އުޅުނު އިސްރާއީލުގެ އާގު ބޯޓަކަށް އީރާނުން ހަމަލާދީފި

Yana Shareef
ޔާނާ ޝަރީފް
Apr 4, 2026, 09:30 PM

ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އުޅުނު އިސްރާއީލުގެ އާގު ބޯޓަކަށް އީރާނުން ދިން ހަމަލާއެއްގައި އެބޯޓުގައި އަލިފާން ރޯވެއްޖެއެވެ.

Advertisement

އީރާނުގެ އިންގިލާބީ ލަޝްކަރު އާ ހަވާލާދީ "ސަބާނިއުސް" ބުނާގޮތުން މި ބޯޓަކީ އެހެން ގައުމެއްގެ ދިދަ ނަގައިގެން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން މަކަރުވެރި ގޮތަކަށް މަސައްކަތްކުރި ޔަހޫދީ އިސްރާއީލުގެ މަސްލަހަތު އޮންނަ ބޯޓެކެވެ.

އީރާނުގެ އަސްކަރީ ޑްރޯނަކުން ދިން ހަމަލާއެއްގައި އެ ބޯޓުގައި އަލިފާން ރޯވުމާއެކު ބޯޓުވަނީ ހުރުމުޒު ކަނޑުއޮޅީގެ މެދުތެރެއަށް ހުއްޓިފައެވެ.

ގަލްފުގެ މަސްދަރުތައް ބުނާގޮތުންވެސް ބަހްރައިން އިން ފުރައިގެން ހުރުމުޒު ކަނޑުއޮޅިއާ ދިމާއަށް ދަތުރު ކުރަމުން ދިޔަ އިސްރާއީލުގެ ޕްރައިވެޓް ކުންފުންޏެއްގެ އާގު ބޯޓަކަށް ވައިގެ ހަމަލާއެއް އަރައި އޭގައި ވަނީ އަލިފާން ރޯވެފައެވެ.

އީރާންވަނީ އެމެރިކާއާއި އިސްރާއީލުން އެ ގައުމާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަނގުރާމައިގައި އަމިއްލަ ދިފާއަށްޓަކައި ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް އަތުލާފައެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުތަކުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި މިކަނޑުއޮޅި ވާއިރު މިކަނޑުއޮޅިން މިހާރު ހުރަސްކުރެވެނީ އީރާން ހުއްދަ ދޭ ބޯޓުތަކަށް އެކަންޏެވެ.

އީރާނުގެ ހުއްދަނެތި ދަތުރުކުރާ ކޮންމެ ބޯޓަކަށް އީރާން ގެންދަނީ ހަމަލާދެމުންނެވެ. ހަނގުރާމަ ފެށިފަހުން އީރާނުން މިހާތަނަށް 12 ބޯޓަކަށް ހަމަލާދީފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved